އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް "ބްލޭންކެޓުކޮށް" ޕާސްޕޯޓު މަނާކުރުމަކީ ވިސްނައިލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދެއްކެވި ވާހަކައަށް އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ބްލޭންކެޓްކޮށް އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު "ބައެއް ބޭފުޅުންގެ ކަންބޮޑުވުން އެބަ އޮތް" ކަމަށެވެ.
"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގައި ހައްލެއް ހޯދާނީ އެކަންކަމާ ވިސްނުމަށް ފަހުގައި ކަމަށެވެ. ނަމަވެސް، ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައިފި ކަމަށެވެ. ކުރިން ދެއްކި ވާހަކަ އާއި މިހާރު ދައްކާ ވާހަކަ ދިމާނުވާތީ އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިތުރަށް ކިޔާލުމަށް

މުހިއްމު ބައެއް ހަބަރު












