ދަތުރުކުރައްވަމުން ގެންދެވި ބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ

Jun 11, 2024, 12:31 PM
ދަތުރުކުރައްވަމުން ގެންދެވި ބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ޤައުމެއްކަމަށްވާ މަލާވީ ނައިބު ރައީސާއި އިތުރު ނުވަ މީހަކު ދަތުރުކުރެއްވަމުން ގެންދެވި މަތިންދާ ބޯޓެއް ވެއްޓި ބޯޓުން ދަތުރުކުރި އެންމެން ނިޔާވެފައިވާ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެ އެވެ.

ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާއިރު، ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއްނުވެ އެވެ. ބޯޓު ގެއްލިފައިވަނީ ވަރަށް މޫސުން ގޯސްވެފައިވަނިކޮށް އުދުހެނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަތް ފަސިންޖަރުންނާއި ތިން އަސްކަރީ ފަޅުވެރިންނާއެކު ދަތުރުކުރި މި ފްލައިޓް "ރާޑަރުން ބޭރަށް ގެއްލުނީ" ހޯމަ ދުވަހުގެ ހެނދުނު ވެރިރަށް ލިލޮންގްވޭ އިން ފުރުމަށް ފަހު އެވެ.

ނައިބު ރައީސް އަވަހާރަވި ޚަބަރު މަލާވީގެ ރައީސް ލާޒާރޯ ޗަކްވެރާ އިޢުލާނުކުރެއްވީ މިއަދު (11 ޖޫން 2024، އަންގާރަ) ލައިވް ބްރޯޑްކާސްޓެއްގަ އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި 2022 ވަނަ އަހަރު ނައިބު ރައީސް ޗިލީމާ ހައްޔަރުކޮށްފައިވެއެވެ. ޗިލީމާ ހައްޔަރުކޮށްފައިވަނީ މަލާވީގެ ކޮރަޕްޝަން ވޮޗްޑޯގުން ކުރި ތުހުމަތެއްގެ ދަށުންނެވެ. އެ ތުހުމަތުގައި ބުނެފައިވަނީ ދެ ކުންފުންޏަކަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ހޯދުމަށް އެހީތެރިވެދިނުމުން ނައިބު ރައީސް ޗިލީމާއަށް ހަދިޔާ ލިބުނު ކަމަށެވެ.

ނަމަވެސް، އޭނާ އެއްވެސް ގޯހެއް ހެދި ކަމަށް އިންކާރުކުރުމުން މިދިޔަ މަހު ދައުވާތައް ބާތިލުކޮށް މިނިވަންކޮށްފައިވެ އެވެ. ދައުވާތައް ބާތިލުކުރި އެއްވެސް ސަބަބެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ފުރުސަތު އޮތް ބޭފުޅެއްގެ ގޮތުގައި އޭނާ ބެލެވިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox