އީދު ދުވަސް ފިޔަވާ، ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދޭން އިމިގްރޭޝަނުން ނިންމައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނުގެ މޭޒެއް ދައްކުވައިދޭ ބޯޑު: އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދޭނެ - ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނުގެ މޭޒެއް ދައްކުވައިދޭ ބޯޑު: އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދޭނެ - ފޮޓޯ: އަދަދު

ކުރިއަށް އޮތް އަޟްހާ އީދު ބަންދުގެ ތެރެއިން އީދު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.

އަޟްހާ އީދު ދުވަހަކީ މި މަހު 16 އެވެ. އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އީދާ ގުޅިގެން އެ ހަފުތާ އެއްކޮށް ބަންދު ކޮށްފައިވާއިރު 16 ފިޔަވާ އެ ހަފުތާގައި ހިމެނޭ ހަތަރު ދުވަހުވެސް ޕާސްޕޯޓު ހިދުމަތް ލިބޭނެ ކަމަށެވެ.

މިހާހާރެކޭ އެއްގޮތަށް އެ ދުވަސްތަކުގައިވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަދި، ކުއްލި ހާލަތްތަކުގައި އަދި 65 އަހަރުން މަތީގެ މީހުން އިމިގްރޭޝަން އޮފީހަށް ގޮސްގެންވެސް އެ ދުވަސްތަކުގައި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށާއި އެގޮތަށް ހިދުމަތް ދޭން ހަމަޖެހިފައިވަނީ އެ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް ކަަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މީގެއިތުރުން ޕާސްޕޯޓާ ހަވާލުވުމަށް އެ ދުވަސްތަކުގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް އޮންލައިންކޮށް އަދި އިމިގްރޭޝަން އަށް ހާޒިރުވެގެންވެސް ނަމްބަރު ނެގޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އީދު ބަންދު އަދި ސްކޫލު ބަންދު ފަދަ ބޮޑެތި ބަންދުތަކާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތައް އެދޭ މީހުންގެ އަދަދު އިތުރުވެ އެވެ. މި ދުވަސްތަކުގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، އަވަސް ހިދުމަތަށް އެދޭ މީހުންގެ އަދަދުވެސް އާންމުކޮށް އިތުރުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox