ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޯދީ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. އޭނާ އަކީ 1962 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ތިންވަނަ ދައުރެއްގައި ވެރިކަން ކުރައްވާ ފުރަތަމަ ބޭފުޅާ --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. އޭނާ އަކީ 1962 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ތިންވަނަ ދައުރެއްގައި ވެރިކަން ކުރައްވާ ފުރަތަމަ ބޭފުޅާ --

ބީޖޭޕީ ގެ ލީޑަރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި އެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްޓްރަޕަތީ ބަވަންގަ އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ވެސް އިންޑިއާގެ އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހެ އާއި ސިޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރް އާއި ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް އާއި ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ ބައިވެރިވެވަޑައިގެންނެވި އެވެ.

ވެރިކަމުގެ ތިންވަނަ ދައުރު މޯދީ ކަށަވަރު ކުރެއްވީ ބީޖޭޕީއާއެކު ކޯލިޝަން ހަދާފައިވާ އެންޑީއޭއަށް ލިބުނު ގޮނޑިތައް ހިމަނައިގެންނެވެ.

ނިމިދިޔަ ދައުރުގައި މޯދީ ނިސްބަތްވެވަޑައިގަންނަވާ، ބީޖޭޕީއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްޝަބާގެ ސާފު މެޖޯރިޓީ އޮތް ނަމަވެސް މިފަހަރުގެ އިންތިހާބުގައި އެކަނި ސަރުކާރެއް އެކުލަވައިލެވޭ އަދަދަށް އެ ޕާޓީއަށް މަޖިލީހުގެ ގޮނޑި ލިބިފައެއް ނުވެ އެވެ.

މިދިޔަ 10 އަހަރާ ހިލާފަށް މި ދައުރުގައި އިންޑިއާގެ ސަރުކާރަށް ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާ ކުރައްވާ މުހައްލިހުން ވިދާޅުވެ އެވެ. ސަބަބަކީ މި އުފެދޭ ސަރުކާރުގައި ބީޖޭޕީގެ ބާރު މުތުލަގަށް ނޯންނާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ ވާހަކަތަކަށް ބާރުލިބޭ ވާހަކަތަކެއް މޯދީ ވެސް ވަނީ ދައްކަވައިފަ އެވެ. އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ސަޕޯޓަރުންގެ ކުރިމައްޗަށް ނުކުމެވަޑައިގްނެ ފުރަތަމަ ދެއްކެވި ވާހަކައިގައި މޯދީ ވަނީ އެކުލަވައިލާނީ އެންޑީއޭގެ ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ.

މިއީ 1962 ގެ ފަހުން އިންޑިއާގައި ސަރުކާރަކުން ތިންވަނަ ދައުރެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox