ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ފިޝަރީޒް މިނިސްޓްރީއާއި ވެމްކޯ ގުޅިގެން މާލެ ފަޅުތެރެ މިއަދު ސާފުކޮށްފި އެވެ.
ހެނދުނު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އަމަލީގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ވެމްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެއިތުރުން ފިޝަރީޒް އާއި ވެމްކޯ އަދި ކައުންސިލުގެ މުވައްޒަފުން ވެސް ހަރަކާތުގައި ބައިވެރިވި އެެވެ.

މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލެ ދެކުނު ފަރާތު ފަޅު ސާފުކުރުން: ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ފިޝަރީޒް މިނިސްޓްރީއާއި ވެމްކޯއާ ގުޅިގެން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މި ހަރަކާތުގައި މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާ، ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ކަނޑުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި މިއަދު އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ.
އިއްޔެ ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް 29 ޓީމުން 300 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.












