ހިތި ބޭހެއް ބޯންޖެހެންޏާ ބަނގުރޫޓުވުމުގެ ކުރިން ސަރުކާރުން އެކަން ބުނަންޖެހޭ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް. އޭނާ ވިދާޅުވީ ގައުމުގެ އިގުތިސާދީ އަސްލު ހާލަތު ސަރުކާރުން ކިޔައިދޭންޖެހޭ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް. އޭނާ ވިދާޅުވީ ގައުމުގެ އިގުތިސާދީ އަސްލު ހާލަތު ސަރުކާރުން ކިޔައިދޭންޖެހޭ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތް ސަރުކާރުން ހާމަ ކުރަންޖެހޭ ކަމަށާއި މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހިތި ބޭހެއް ބޯންޖެހޭ ނަމަ އެކަން ވެސް ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރު އިންތިހާބު މޫސުން ވެސް ނިމިއްޖެ ކަމަށާއި އިގުތިސާދީ ހާލަތާ ގުޅޭގޮތުން ސިއްރު ކުރަންޖޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ހަމަ ތެދުބަހުން ވަރަށް ތިލަކޮށް މިވާހަކަތައް އެބަޖެހޭ ދެކެވެން. އެއީ ސަބަބަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަންއާ މިހުރިހާ އެއްޗެއް މިބިނާ ވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިގްތިސާދީ ހަގީގަތާ ކުރިމަތިނުލާ ނަމަ ކުރިއަށް އޮންނާނީ ބަނަ ދުވަސްތަކެއް ކަމަށެވެ.

"ހަމަ ރަށްރަށުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓުތައް ހިނގާނެތޯ ނުވަތަ ނޫންތޯ ވެސް، އިނގޭތޯ؟ އިންތިހާބުގެ މޫސުން ވެސް މިހާރު މިއޮތީ ނިމިފައި އެހެންވީމާ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ހަމަ ރައްޔިތުން ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ، ރިއާލިޓީއާ ކޮންފްރަންޓު ކުރަން ދަސްކުރަންވިއްޔޭ ހަމަ މިހާރު، އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައި އޮތް ބަނަކަން ރައްޔިތުންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ރަނގަޅަށް ސިފަކޮށްދީގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އަސްލު މަންޒަރު ސިފަކޮށްދިނުމަކީ ރައްޔިތުންގެ ހައްގުގައި ވެސް އަދި ގައުމުގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކޮމެޓީގައި އިސްކުރަން ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ވެސް ނޫން، އަމިއްލަ މަސްލަހަތެއް ވެސް ނޫން، ގައުމުގެ މާލިއްޔަތުގެ މަސްލަހަތު އިނގޭތޯ،" ނާޒިމް ވިދާޅުވި އެވެ.

"ބުލްޝިޓް ނުކުރޭ، ހިތިބޭސް ސިޓީއެއް އޮތިއްޔާ ބުނޭ!"

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވައްޓެރި ސްރީލަންކާއަށް ވީގޮތް ހަނދާން ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ސްރީލަންކާ ބަނގުރޫޓުވެ އެ ގައުމުގެ އިގިތުސާދު އެއްކޮށް ފުނޑުފުނޑުވެ ދިޔައިރު ވެސް ހަމަ "އެބުނާ އެންމެ ގާތް ގައުމުތައް ވެސް ތިބި" ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް އެގައުމުތަކުން ވެސް ސްރީލަންކާއަށް އެހީތެރި ނުވީ އިގުތިސާދުގެ އަސާސީ ކަންކަން ރަނގަޅު ނުވުމުންކަން ނާޒިމް ފާހަގަކުރެއްވި އެވެ.

"އިގުތިސާދެއްގެ އަސާސީ ކަންތައްތައް ރަނގަޅު ނޫން ކަމަށް ވަންޏާ އެމީހުން ވެސް ބުނަނީ އެއީ ހަމަ ރާބޯ މީހަކަށް ލާރި ދިނުން ކަހަލަ ކަމެކޭ، ހަމަ ލާޜިކޮޅު ދޭއިރަށް ގޮސް ބޯލާނެޔޭ އަނެއްދުވަހު ވެސް ލާރި ބަލައި، އެހެންނޫންތޯ؟،" އޭނާ ވިދާޅުވި އެވެ.

އިތުރު މިސާލެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަންނަން ވެސް ސައުދީއަރަބިއްޔާ ފަދަ ގައުމުތަކުން މާލީ އެހީ ނުދިނީ ހަމަ އެ ސަބަބާ ހެދި ކަމަށެވެ. ބަދަލުގައި ސައުދީ ފަދަ ގައުމުތަކުން އެދުނީ އައިއެމްއެފް ނުވަތަ ވޯލްޑުބޭންކުން ގަބޫލު ކުރާ އިގުތިސާދީ އަސާސުތަކަށް ޕާކިސްތާނުގެ އިގުތިސާދު ފެއްތުމަށް ކަމަށެވެ.

"އެގޮތުން ޕާކިސްތާނުގެ މައި މަރުކަޒީ ބޭންކުގައި މިހާރު ވެސް ސައުދީން ތިން ބިލިއަން ޑޮލަރު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓައި ދީފައި ހުރީ ވޯލްޑު ބޭންކާއި އައިއެމްއެފުން "ބޯން ބުނި ހިތިބޭސް ބޯން އެއްބަސްވީމަ،" ނާޒިމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ، އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓު ވީމަކާ ކަމަކު ނުދާނެޔޭ،" ނާޒިމް ވިދާޅުވި އެވެ.

އިގުތިސާދީ ކަންކަން އޮތްނެތް ގޮތް ބަލާއިރު، ގައުމު ބަނގުރޫޓުވާ ފަދަ ހާލަތެއްގައި އޮތް ނަމަ ޓެކްސް ބޮޑު ކުރުން ކަމަށް ވިޔަސް ނުވަތަ އެހެން ފިޔަވަޅެއް ވެސް އެޅޭނީ ސަރުކާރުން ހާލަތު ބަޔާން ކޮށްދީގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓޫ ފާސްކުރަން، މިއަހަރުގެ ފަހުކޮޅާ ހަމައަށް އިގުތިސާދުގެ ވާހަކަ ނުދައްކައި ތިބުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ބަޖެޓާ ހަމައަށް ވެސް ނޮވެމްބަރު މަހާ ހަމައަށް ވެސް މަޑުނުކޮށް މިހާރުން މިހާރަށް ކުރަންވީ ކަމަކީ ވެސް ކޮބައިތޯ، ކޮށްދޭންވީ ކަމަކީ ވެސް ކޮބައިތޯ ބަލަންވީ، ބަލާފައި އިނގިރޭސި ބަހުން ބުނާކަމަށް ވަންޏާ ހަމަ ހާޑް ޓޯކް އަޅުގަނޑުމެން ކުރަންވިއްޔޭ ފިނޭންސް މިނިސްޓަރީއާ، ބުލްޝިޓް ނުކުރާށޭ ވާންވީ ގޮތް ބުނާށޭ ތެދަށް ބުނާށޭ،" ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox