މެލޭޝިއާގެ ފުރަތަމަ އެޕަލް ސްޓޯ މި މަހު ހުޅުވަނީ

އެޕަލްއިން މެލޭޝިއާގައި ހުޅުވާ ސްޓޯރު -- ފޮޓޯ؛ އެޕަލް

އެޕަލްއިން މެލޭޝިއާގައި ހުޅުވާ ސްޓޯރު -- ފޮޓޯ؛ އެޕަލް

އެޕަލް ކުންފުނީގެ ފުރަތަމަ ސްޓޯރު މެލޭޝިއާގައި ޖޫން 22، ގައި ހުޅުވަން ނިންމައިފި އެވެ.

މި ސްޓޯރު ހުޅުވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރްގެ ޓީއާރްއެކްސް މޯލްގަ އެވެ.

އެޕަލްއިން އެޕަލް އައިފޯން މެލޭޝިއާގައި ނުއުފެއްދި ނަމަވެސް، މެކްގެ ބައެއް މޮޑެލްތައް އެ ގައުމުގައި އުފައްދަ އެވެ.

Advertisement

މެލޭޝިއާގައި އެޕަލްއާ ގުޅިގެން މީގެ ކުރިން ވެސް އައީ ސްޓޯރުތައް ހިންގަމުންނެވެ. ނަމަވެސް އެޕަލްގެ ރަސްމީ އަމިއްލަ ސްޓޯރެއް އެ ގައުމުގައި މި ހުޅުވަނީ ފުރަތަމަ ފަހަރަށެވެ.

އެޕަލްގެ ސްޓޯރުތައް ހިންގަމުން އަންނަ އޭޝިއާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސިންގަޕޫރު, ތައިލެންޑު އަދި ޗައިނާގައި ހުރެ އެވެ.

އެޕަލް ކުންފުންޏަށް އޭޝިއާގައި ފައިދާ އިތުރު ކުރުމަށް އަންނަނީ ހުރަސްތައް ދިމާވަމުންނެވެ. އެއީ ޒިއޯމީ، ސެމްސަންގް އަދި ވާވޭ ބްރޭންޑަށް އޭޝިއާ ސަރަހައްދުގައި އޮތް ޑިމާންޑު ބޮޑުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox