ގޮނޑުދޮށަށް ތިލަވި ބޮޑު ކޯމަހެއް އައްޑޫ ނޭޗާ ޕާކުން ސަލާމަތްކޮށްފި

ގޮނޑުދޮށަށް ތިލަވި ބޮޑު ކޯމަހެއް އައްޑޫ ނޭޗާ ޕާކުން ސަލާމަތްކޮށްފި

އައްޑޫ ސިޓީގެ ކޯއްޓޭ ސަރަހައްދު ބީޗަށް ތިލަވެފައި އޮތް "މެލޮން ހެޑެޑް ވޭލް" އެއް އައްޑޫ ނޭޗާ ޕާކުން އިއްޔެ ސަލާމަތްކޮށްފި އެވެ.

އައްޑޫ ނޭޗާ ޕާކުގެ ޕާކް ރޭންޖާ އިއުޖާޒް އަލީ "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ މި ކޯމަސް ގޮނޑުދޮށަށް ތިލަވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ އިރުއޮއްސި 18:04 ހާއިރު އެތަނަށް ގޮސް އުޅުނު މީހެއްގެ ފަރާތުން ކަމަށާއި، އެއާއެކު ނޭޗާ ޕާކުގެ މުވައްޒަފުން ސީންއަށް 18:20 ހާއިރު ދިޔަ ކަމަށެވެ.

އެގޮތުން, އެތަނަށް ގޮސް ވަގުތުން ކޯމަސް މަރުވިޔަނުދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޭގެ މައްޗަށް ފެން އަޅައި ތެތްކޮށް ބާއްވަން މަސައްކަތްކުރި ކަމަށް އިއުޖާޒް ކިޔައިދިނެވެ.

"އަޅުގަނޑުމެން އެތަނަށް ދިޔައިރު ދެ ކޯމަސް އޮތް. އެކަތި އޮތީ ބީޗަށް ލައްގާފައި އަަނެކަތި އޮތީ މޫދުގައި. ލައްގާފައި އޮތް އެތި މޫދަށް ނުގެންދެވުނު އުފުއްލާފައި. އޭތި އޮތީ ވެސް ވަރަށް ބަލިވެފައި. ދިޔަވަރު ކުޑަވެފައި އޮތް ގަޑިއެއް ވީމަ އުނދަގޫތައް ދިމާވި. އެހެންވެ ދިޔަވަރު ބޮޑުވަންދެން ވެޓް ޓަވަލްސްއާއި ސޯލްޓު ބަކެޓު ބޭނުންކޮށްގެން ޑޯލްފިން އަޕްރައިޓުކޮށްލާފައި މަސައްކަތްކުރީ އޭތި މޮއިސްޓުކޮށް ބާއްވަން،" އިއުޖާް ބުންޏެވެ.

ކޯމަސް މޫދަށް ދޫކޮށްލީ ދިޔަވަރު ބޮޑުވެ ރާޅު ބިންދަން ފެށުމުން 7:15 ހާއިރު ކަމަށާއި، އެއަށްފަހު އަނބުރާ ލެއްގުމުން އެގަޑީގައި ފަސް ވަރަކަށް ފަހަރު އަނބުރާ އައުމުން ފޮނުވާލި ކަމަށް އިއުޖާޒް ބުންޏެވެ. އަދި ފަހުން އޭތި ލެއްގި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއުޖާޒް ބުނީ ކޯމަސް ބީޗަށް ތިލަވީ ކޮންމެވެސް އަނިޔާއެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށާއި، އޭތި ލެއްގިއިރު ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ. އަދި އެއީ ލެއްގި ވަގުތު ލިބުނު ޒަހަމްތަކެއްކަން ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޯމަހަކީ އާންމުކޮށް ދެކުނުން ފެންނަ ކޯމަހެއް. ހާއްސަކޮށް އައްޑޫ ފުވައްމުލަކުން ފެންނާނެ،" އިއުޖާޒް ބުންޏެވެ.

އައްޑޫ ނޭޗާ ޕާކުގެ ހަތަރު މުވައްޒަފުން ވެގެން ކުރި މި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތައުރީފް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox