ސިފައިން ފޮނުވާލި ނަމަވެސް އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ގަވާއިދުން އުދުއްސަނީ

ސިފައިން ފޮނުވާލި ނަމަވެސް އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ގަވާއިދުން އުދުއްސަނީ

ރާއްޖޭގައި ތިބި އިންޑިއާގެ ޔުނިފޯމު އެޅި ސިފައިން އަނބުރާ ފޮނުވައިލި ނަމަވެސް އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ގަވާއިދުން އުދުއްސަމުން ގެންދާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

އެއާޕޯޓެއްގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް އެދި "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކޮންމެ ހަފުތާއަކު ދެފަހަރު މަދުވެގެން އެ ހެލިކަޕްޓަރުތައް އުދުއްސާ ކަމަށެވެ. ހެލިކަޕްޓަރުތައް އުދުއްސަނީ އެ އުޅަނދުތަކުގެ މެއިންޓެނެންސް ރެގިއުލޭޓު ކުރުމަށްޓަކައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ހެލިކަޕްޓަރުތައް އުދުއްސާ، އަސްލު އެ އެއްޗެހި އެހެން ނުއުދުއްސާ ނުބެހެއްޓޭނެ ތާ،" އެ އޮފިޝަލް ބުންޏެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގައި ބޭނުން ކުރަމުންދިޔަ އިންޑިއާގެ ދެ ހެލިކަޕްޓަރާއި ޑޯނިއާތަކުގެ ބޭނުން ހިފުން ހުއްޓައިލީ ސަރުކާރު ބަދަލުވިފަހުންނެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.

އެ ވައުދު ފުއްދުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާ އެމްބިއުލޭންސްގެ ހިދުމަތް ތައާރަަފުކޮށްފަ އެވެ. އޭގެ އިތުރުން ސިފައިން އެއާ ކޯ ތައާރަފުކޮށް އެ ހިދުމަތުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ތިން ޑްރޯން ގެނެސް ސަވައިލަންސްގެ މަސައްކަތް ވެސް ފަށައިފަ އެވެ.

އެކަންކަމާއެކު މިހާރު އިންޑިއާގެ ދެ ހެލިކަޕްޓަރާއި ޑޯނިއާގެ ބޭނުން މުޅީން ކެނޑިފައިވީ ނަމަވެސް ސަރުކާރުން އެއްބަސްވެފައި ވަނީ އެ އުޅަނދުތައް ރާއްޖޭގައި ބެހެއްޓުމަށެވެ. އަދި އެ އުޅަނދުތައް އޮޕަރޭޓު ކުރުމުގެ ނަމުގައި އިންޑިއާގެ ސިވިލް ބަޔަކު ވަނީ ރާއްޖެ ގެނެސްފަ އެވެ.

އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތައް އުދުއްސާތީ އެކަމާ ރާއްޖޭގެ ބައެއް ސިޔާސީ ބޭބޭފުޅުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެގޮތުން ކުރީގެ ހޯމް މިނިސްޓަރު، އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި، އުމަރު ނަސީރު ވަނީ އެ އުޅަނދުތައް ރާއްޖޭގައި ހުރިހައި ދުވަހަކު އިންޑިއާ އަސްކަރިއްޔާގެ އޮޕަރޭޝަންތައް ރާއްޖޭގައި ހިންގާނެ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވީ މި ސަރުކާރުން ވައުދުވީ ރާއްޖޭގައި ތިބި "އިންޑިއާ ސިފައިންގެ ބަޔަކު އަނބުރާ ފޮނުވައިލަން" އެކަނި ނޫން ކަމަށާއި ވައުދުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރަން ކަމަށެވެ.

"ވައުދަކީ ވެސް އެއީ އިނގޭތޯ، އެއްގޮތަކަށް ވެސް މިއަދު މި ވައުދުގެ މަތީގައި އެކިއެކި ސްޕިން ލާނެ ކަމެއް ނެތް ގަވަންމެންޓަކުންނެއް އިނގޭތޯ. ވައުދަކީ ސިފައިން ބޭރުކުރުމެއް ނޫން، އެއީ ނޮންސެންސް، އެއީ ދޮގެއް އިނގޭތޯ، ވައުދަކީ އަސްކަރިއްޔާ ބޭރުކުރުން، މަގުމަތީ ފާރުތަކުގައި އެހެރީ [އެވައުދު] ލިޔެފައި އިނގޭތޯ،" އުމަރު ވިދާޅުވި އެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުން ދަނީ އިންޑިއާ ސިފައިން ބޭރުކުރަންވީ ވައުދު ފުއްދައިފައިވާ ކަމަށެވެ.

ރާއްޖޭގައި ހުރި އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތައް އުދުއްސުމާ ގުޅޭގޮތުން އެމްއެންޑީއެފްއަށް އަށް ގުޅުމުން ބަލައިލާނެ ކަމަށް ވިދާޅުވުމަށްފަހު ޖަވާބެއް ނުދެއްވަ އެވެ.

ނަމަވެސް ހެލިކަޕްޓަރުތައް އުދުއްސާއިރު، އޭގައި އެމްއެންޑީއެފްގެ ބޭކަލަކު އަބަދުވެސް ހުންނަވާ ކަމަށް "އަދަދު" އަށް މައުލޫމާތުދެއްވި އެއާޕޯޓުގެ އޮފިޝަލް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox