ބޮސްނިއާއާ އެއްކޮޅަށް ވޯޓު ނުދިން މައްސަލާގައި ސަރުކާރުގެ ރަސްމީ ޖަވާބެއް އަދިވެސް ނެތް

ރައީސް އޮފީހުގައި އޮތް ނޫސްވެެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އޮތް ނޫސްވެެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ 29 އަހަރު ކުރިން ބޮސްނިއާ ދަރިކޮޅުގެ އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާއްމުގެ ހަނދާން އައުކޮށް އެ ދުވަސް ފާހަގަ ކުރުމަށް އދ. އަށް ހުށަހެޅި ގަރާރު ފާސްކުރަން މިދިޔަ ހުކުރު ދުވަހު ނެގި ވޯޓުގައި ބައިވެރިވެ އެއްވެސް ކޮޅަކަށް ރާއްޖެއިން ވޯޓު ނުދިން މައްސަލައިގައި ރަސްމީ ޖަވާބެއް އަރުވާނީ އިތުރަށް ބަލާލައިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ބޮސްނިއާގައި ހިންގީ ގަތުލުއާއްމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ވޯޓާ ގުޅޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ "އަޅުގަނޑު އިތުރަށް ބަލާލައިފައި އެއަށް ޖަވާބެއް ދޭނަން،" ކަމަށެވެ.

Advertisement

ހީނާ ވިދާޅުވީ ބޮސްނިއާގެ ގަތުލުއާއްމާ ގުޅިގެން ރާއްޖެއިން މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އެގައުމުގެ މުސްލިމުންގެ ދިފާއުގައި ކަމަށާއި ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި، ރައްކާތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ފަދަ ގޮތަކަށް މަސައްކަތް އަބަދުވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ އެހެން ވިދާޅުވި ނަމަވެސް ބޮސްނިއާއާ އެއްކޮޅަށް ރާއްޖެއިން ވޯޓު ނުދިން މައްސަލައިގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ބޮސްނިއާ ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓު ނުދިން ނަމަވެސް އިސްލާމީ ބޮޑެތި ހުރިހާ ގައުމުތަކަކުން އެ ގަރާރާ އެއްކޮޅަށް ވޯޓު ދިނެވެ. އޭގެތެރޭގައި މުސްލިމުންގެ އާބާދީ ބޮޑު އިންޑަނޭޝިޔާއާއި ސައޫދީއަރަބިއްޔާއާއި ތުރުކީ އަދި އިރާގާއި އިރާނު ފަދަ ގައުމުތައް ހިމެނެ އެވެ.

ބޮސްނިއާ ގަތުލުއާއްމު ހިންގާފައި ވަނީ 1992 ވަނަ އަހަރު ފެށުނު ބޮސްނިއާ ހަނގުރާމައިގެ ތިންވަނައަށް ވީ އަހަރު، ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގަ އެވެ. އެ ގަތުލުއާއްމުގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގުރޫޕަކުންނެވެ.

އެއީ ގަތުލުއާއްމެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން އޮތީ ބަލައިގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox