ބޮސްނިއާ ގަރާރާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ޖަވާބެއް އަދި ނެތް
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ބޮސްނިއާގައި ހިންގީ ގަތުލުއާއްމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.