އާންމުކޮށް ނަގާ ދެބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓު ކުރުން ރާއްޖެއިން މަނާކޮށްފި

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް. ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރުކުރުން ރާއްޖެއިން މަނާކުރީ ސައިޓީސް މުއާހަދާގައި އެ ބާވަތްތައް ހިމެނުމުން -- ފޮޓޯ: ރައީސް އޮފީސް

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް. ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރުކުރުން ރާއްޖެއިން މަނާކުރީ ސައިޓީސް މުއާހަދާގައި އެ ބާވަތްތައް ހިމެނުމުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން އާންމުކޮށް ނަގައި އެކްސްޕޯޓު ކުރާ ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރަށް އެކްސްޕޯޓު ކުރުން ފިޝަރީޒް މިނިސްޓަރީން މަނާކޮށްފި އެވެ.

އެ މިނިސްޓަރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގަ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީސް މިނިސްޓަރު، އަހުމަދު ޝިޔާމު ވިދާޅުވީ މި މަހުން ފެށިގެން ބޭރުކުރުން މަނާކޮށްފައި ވަނީ އާންމުކޮށް ރާއްޖެއިން ނަގާ، ކައްޗަލަ އާއި އަލަނާސި ކަމަށެވެ.

އެ ދެ ބާވަތް ބޭރު ކުރުން މަނާކޮށްފައި ވަނީ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ކައްޗަލަ އާއި އަލަނާސި އިތުރު ކުރުމުން ކަމަށެވެ.

ސައިޓީސް މުއާހަދާގައި ހިމަނަނީ އެކި ބޭނުންތަކަށް ނަގައި ވިޔަފާރީގެ ގޮތުގައި ބޭރު ކުރާ ދިރޭ ތަކެތީގެ ތެރެއިން ނެތިގެން ހިނގައިދާނެ ފަދަ ދިރޭ ތަކެއްޗެވެ. އެ މުއާހަދާގައި ދިރޭ އެއްޗެއް ހިމަނައިފި ނަމަ، އެ އެއްޗެއް ބާނައި، ނުވަތަ ހިފައި ނުވަތަ ނަގައި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެވޭނީ އެކަން ކުރަނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމަށްފަހެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ހުއިފިލަނޑާ ބޭރުކޮށްފައި ވަނީ ބޭރުކުރާ ވަކި ބާވަތްތަކެއް ވަކިން އެނގޭނެހެން ނޫން ކަމަށާއި އެކްސްޕޯޓު ކުރުން މަނާކުރަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބާވަތްތައް މިހައިތަނަށް ބޭރު ކުރެވުނުއިރުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުން އެންމެ އަހަރެއްގެ ޑޭޓާ މިހުރީ ސްޕީޝީޒް ވަކިން އެނގޭ ގޮތަށް ބޭރު ކުރެވިފައި، ދެން މި ޑޭޓާ ޝެއާ ކޮށްގެން ނޫނީ މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންނަށް އެޖެއް ނުނެގޭނެ ކަންތައްތައް މި ހުންނަނީ، ވާހަކައަކީ އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުލިބޭނެ ކަންތައްތައް މިހުންނނީ ރަނގަޅު ޑޭޓާ ލިބިގެން ނޫނީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ސައިޓީސް މުއާހަދާގައި އަލަށް ހިމެނި ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރު ކުރުން މަނާކުރި އެވެ. ނަމަވެސް ފަހުން އެ ދެ ބާވަތުގެ ހުއިފިލަނޑާ ބޭރު ކުރުމަށް ވަކި ހުއްދަތަކެއް އޭރުގެ ފިޝަރީޒް މިނިސްޓަރީން ދޫކުރި އެވެ. އެފަހަރު ބޭރު ކުރުން މަނާކުރީ ކަޅު ބަޓާއި ހުދު ބަޓެވެ.

ހުއިފިލަނޑާގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފުވެގެން އާމްދަނީ ހޯދުމަށް މަސައްކަތެއްގެ ގޮތުގައި ކުރަން ފެށީ 1980 ގެ ކުރީކޮޅެވެ. ރާއްޖޭގައި ހުއިފިލަނޑާގެ 27 ބާވަތެއް އުޅޭކަމަށް ރިކޯޑު ކުރެވިފައިވާއިރު، އޭގެތެރެއިން ވިޔަފާރި ބޭނުމަށް ނަގައި އުޅެނީ އާންމުކޮށް 15 ބާވަތެކެވެ.

ހުއިފިލަނޑާގެ މަސްވެރިކަމަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ނަމަވެސް އެކަން ކުރާ މީހުންގެ އަދަދު އިންތިހާއަށް މިހާރު ވަނީ މަދުވެފަ އެވެ. ސަބަބަކަށް ވަނީ މި މަސައްކަތް ކޮށް އުޅެނީ އެންމެ ރައްކާތެރިކޮށް ނޫން ކަމުގައި ވާތީ އެވެ.

ހުއިފިލަނޑާގެ މަދު ބާވަތެއް ނޫނީ ހުރިހާ ބާވަތެއްގެ ލަނޑާ ވެސް ނަގައި އުޅެނީ ފުޅި އަޅައިގެން ފީނައިގެންނެވެ. ނަމަވެސް މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުއިފިލަނޑާ އާލާކޮށްގެން ވެސް އޭގެ މަންފާ ހޯދަމުންދެ އެވެ.

ދެ ބާވަތް ބޭރު ކުރުން މަނާކޮށްފައި ވަނީ ވަގުތީ ގޮތުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox