މިއަދު ފޮނުވާލީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއް: އިމިގްރޭޝަން

ވީއައިއޭގައި ހުރި އިމިގްރޭޝަން ނަން ބޯޑެއް; މިއަދު ރާއްޖެ އައި މީހަކު އެތެރެ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަ ހޫނުވެފައިވޭ -- ފޮޓޯ: އަދަދު

ވީއައިއޭގައި ހުރި އިމިގްރޭޝަން ނަން ބޯޑެއް; މިއަދު ރާއްޖެ އައި މީހަކު އެތެރެ ނުކޮށް އަނބުރާ ފޮނުވާލި މައްސަލަ ހޫނުވެފައިވޭ -- ފޮޓޯ: އަދަދު

މިއަދު ރާއްޖެ އައުމުން, އެތެރެނުކޮށް އަނބުރާ ފޮނުވާލީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއް ކަމަށް މޯލްދިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ އޭނާއަކީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހެއް ކަމަށެވެ. އަދި އޭނާ ފޮނުވާލީ ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

މިއަދު ރާއްޖެ އައި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ނަދީޝް ޕެރޭރާ ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓި ކަމަށް ބުނެ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އެކްޓިވިސްޓް މުހީދް ޖީރާން ވަނީ ޕޯސްޓް ކޮށްފަ އެވެ. މި ނޫހާ ވާހަކަ ދައްކަމުން މުހީދް ތުހުމަތު ކުރި ގޮތުގައި ނަދީޝް އެއާޕޯޓުގައި ހިފެހެއްޓި ސަބަބެއް އިމިގްރޭޝަނުން ހާމަ ނުކުރާއިރު, އޭނާއަށް އެހީތެރިވެދޭން އޭނާގެ ވަކީލުންނާއި, ލަންކާ ހައިކޮމިޝަނަށް ވެސް ފުރުސަތު ނުދެ އެވެ.

އަދި ރާއްޖެ އެތެރެވިޔަނުދީ ހިފެހެއްޓި ނަދީޝްއަކީ, ސްރީލަންކާއަށް ނިސްބަތްވީ ނަމަވެސް ރާއްޖޭގެ އަންހެނަކާ އިނދެ, ރާއްޖޭގައި އާއިލާއެއް ހުރި މީހެއް ކަމަށް ވެސް އޭނާ ބުނެ އެވެ.

މި މައްސަލަ ހޫނުވެފައިވާ ވަނިކޮށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އެތެރެވެވޭނެ އަދި އެތެރެވުމުގެ ހުއްދަ ނުދެވޭނެ ހާލަތްތައް އިމިގްރޭޝަން ގާނޫނުގައި ސާފުކޮށް ލިޔެފައިވާ ކަމަށާއި, އެ ގާނޫނަށް އަމަަލުކުރާނީ އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ކަމަށެވެ.

އިމިގްރޭޝާން ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ހުރިއިރު, މިއަދު ފޮނުވާލި މީހާއަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތީ ކީއްވެކަން އެ އިދާރާއިން ހާމަ ނުކުރެ އެވެ.

އެ ގާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ވަކި މުއްދަތަކަށް އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލިއިރު, އެ މާއްދާގައި ބަޔަންކުރަނީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ދޭ އަދަބުތަކެވެ. އެގޮތުން ބިދޭސީއެއް ނަމަ 15000 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް, ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox