ރާއްޖޭގެ ދެކޮޅުގައި ވަރުގަދަ ދެ ކޮޅިގަނޑު، އޮރެންޖު އިންޒާރުތައް ކުރިއަށް!

ކަނޑު ގަދަވެފައި ވަނިިކޮށް ކުޑަ އުޅަނދެއްގައި ބަޔަކު ދަތުރުކުރަނީ. ވަކިވަރަކަށް މޫސުން ގޯސްވުމުން ކުދި އުޅަނދުތަކުގައި ނުކުތުމަކީ މަނާކަމެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކަނޑު ގަދަވެފައި ވަނިިކޮށް ކުޑަ އުޅަނދެއްގައި ބަޔަކު ދަތުރުކުރަނީ. ވަކިވަރަކަށް މޫސުން ގޯސްވުމުން ކުދި އުޅަނދުތަކުގައި ނުކުތުމަކީ މަނާކަމެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހު)ގެ ކްރައިޓީރިއާގައިވާ ގޮތުން ވައިގެ ބާރުމިނަށް ބަލައިގެން "އޮރެންޖް ވޯނިން" ނެރޭނީ އާއްމުގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލާ ހަމައަށް މަތިވެފައި، ވިލާގަނޑުގައި ގަޑިއަކު 60 މޭލާ ހަމައަށް ވައި ބާރުވާ ހާލަތުގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮރެންޖް އިންޒާރު ނެރުނީ މޭ 15، 2020, ގަ އެވެ. އެ ފަހަރުގެ އިންޒާރު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވިގެންނެވެ.

އޭގެ ފަހުން ގާތް ގާތުގައި އެންމެ ގިނައިން އޮރެންޖު އިންޒާރު ނެރުނީ މިމަހު އެވެ. މި މަހުގެ 14 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް އޮރެންޖު އިންޒާރު ނެރުނީ ރާއްޖޭގެ ދެކުނުގައި ފޯޅަވަހީގެ މަތީގައި އުފެދުނު ކޮޅިގަނޑަކާ އެކު އައްޑު އާއި ފުވައްމުލަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވިގެންނެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން އޮރެން އިންޒާރު ނެރުނު ނަމަވެސް މިދިޔަ 24 ގަޑިއިރު ދެމެހެއްޓި ގޮތަށް މި އިންޒާރު ދަމަހައްޓައިފައެއް ނެތެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓިރިއޮލޮޖިސްޓް ހުސައިން ވަހީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަހައްދަށް މިހާރު ޖެހެމުންދާ ގަދަ ވައިގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ދެކޮޅުގައި އުފެދިފައި ހުރި ދެކޮޅިގަނޑެވެ.

"ރާއްޖޭގެ ދެކުނުގައި ވެސް ކޮންމެވެސް ވަރެއްގެ ލޯ ލެވެލް ސާކިއުލޭޝަނެއް، ކޮޅިގަނޑެއް އުފެދުނު، އޭގެ އަސަރު ދެކުނުގެ އަތޮޅުތަކަށް ކުރީ، އޭގެ އިތުރުން ބޭ އޮފް ބެންގާލް ގައި [ރާއްޖޭގެ އުތުރުގައި] ވެސް ކޮޅިގަނޑެއް އުފެދުނީ،" މުޅި ރާއްޖެއަށް މޫސުން ގޯސްވި ސަބަބު ތަފްސީލުކޮށްދެއްވަމުން ހުސައިން ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ހުޅަނގު މޫސުން ފެށުނު އިރު މިވަރަށް ވައިގަދައެއް ނުވެ އެވެ. އެހެން ނަމަވެސް މިފަހަރު ވައިގަދަވެފައި މިވަނީ ރެކޯޑް މިންވަރަކަށް ނޫނެވެ.

މިއަހަރުގެ ހުޅަނގު ކުރިއާ ތަފާތު

މޫސުމާ ބެހޭ އިދާރާއިން ކުރިން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މިއަހަރުގެ ހުޅަނގު މޫސުމުގައި މީގެ ކުރީ އަހަރުތަކުގައި ވެހުނު މިންވަރަށް ވުރެ ގިނައިން މި ތިން މަސްދުވަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެއީ ސަރަހައްދީ ފެންވަރުގައި ކުރި ދިރާސާއަކަށް ފަހު ލަފާކޮށްފައިވާ ގޮތެވެ.

"އަވަށްޓެރި ހުރިހާ ގައުމުތަކަކުން ވެސް ސީޒަނަލް ފޯކާސްޓް ތައްޔާރުކުރާނެ އިނގޭތޯ، އެގޮތަށް ތައްޔާކުރާ އިރު ރީޖަނަލް ހުރިހާ ގައުމަކުން ބައިވެރިވެގެން އެ [ފޯކާސްޓް] ފައިނަލް ކުރާނީ،" ކުރިއަށް އޮތް ތިން މަސްދުވަހަށް މޫސުން ލަފާކުރި ގޮތުގެ ތަފްސީލު ދެއްވަމުން ވަހީދު ވިދާޅުވި އެެވެ.

ސަރަހައްދީ ގޮތުން ހެދި ފޯކާސްޓުން ދައްކާ ގޮތުގައި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް މުޅި މި ސަރަހައްދަށް ވެސް އާދަޔާ ހިލާފަށް ގިނައިން ވާރޭ ވެހޭނެ ކަަމަށް ލަފާކުރެވެ އެވެ.

"އާއްމުކޮށް ވެހޭ ވަރަށް ވުރެ ތަންކޮޅެއް ގިނަިއިން ވާރޭ ވެހޭނެ ކަމަށް [ލަފާކުރެވެނީ] ހާއްސަކޮށް އުތުރާ މެދުރާއްޖެ ތެރެއަށް،" އޭނާ ވިދާޅުވި އެވެ.

އެ ފޯކާސްޓްގައިވާ ގޮތުން މި އަހަރުގެ ހުޅަނގު މޫސުން އެހެން އަހަރުތަކާ ތަފާތުވާނެ އެވެ.

ބައިނަލްއަގުވާމީ މޫސުމާ ބެހޭ އިދާރާތަކުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި މުޅި އޭޝިއާ ސަރަހައްދަށް ވެސް މޫސުމީ ކާރިސާތައް ގިނަވެފައި ވަނީ މޫސުމަށް އަންނަ ބަދަލު [ކްލައިމެޓް ޗޭންޖް]ގެ ސަބަބުންނެވެ.

އެލާޓްތަކާއި އިންޒާރުތަކުން ބުނެދެނީ ކޮން ކަމެއް؟

ހުދު ސަމާލު

ސަމާލު ނެރެނީ މޫސުމާ ތިރީގައި މިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ނުވަތަ ހާލަތްތަކެއް ކުރިމަތިވުމުންނެވެ.

  • އެއް ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރުގެ ވާރޭ ވެހުން
  • ފާހަގަކުރެވޭ ވަރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
  • ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން.
  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދާނެ ކަމަށް ލަފާކުރެވުން.
  • އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (އަސަރުކުރާނެވަރު ކުޑަކަމަށް ބެލެވުން)
  • އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާނުތަކުގެ ކަންކަން ބަލާ ރީޖަނަލް ސްޕެޝެލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރއިން ލަފާކުރާ ގޮތުން ތޫފާނުގެ މެދު، 5° ދެކުނު - 10° އުތުރު، 66° އިރު - 81° އިރު ގޮޅީގެ އެތެރެއަށް ވަނުން.
  • ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަ މިންގަނޑުން 6 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން.
  • ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ކުޑަ ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން.

ރީނދޫ ސަމާލު

ރީދޫ ސަމާލު ނެރެނީ މޫސުމާ ތިރީގައި މިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ނުވަތަ ހާލަތްތަކެއް ކުރިމަތިވުމުންނެވެ.

ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން

  • އެއް ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރު
  • ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
  • ފާއިތުވި 3 ގަޑިއިރު 25 - 30 މޭލަށް ނުވަތަ ފާއިތުވި އެއް ގަޑއިރު 28 - 35 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
  • ވިލާގަނޑުގައި ވައިގަދަވުން ގަޑިއަކު 55 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
  • އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 5 ރަށަށް އަސަރުކުރުން)
  • ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަށް ކުރާނެކަމަށް ލަފާކުރެވުން
  • ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓާ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން.
  • ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން

އޮރެންޖު އިންޒާރު

  • އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުން
  • އާދަޔާ ހިލާފަށް ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން
  • ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން
  • ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވެދާނެ ކަމަށް ލަފާކުރެވުން
  • އުދަ އެރިކަމަށް ރިޕޯޓު ލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 10 ރަށަށް އަސަރުކުރުން)
  • ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާން ރާއްޖެ މަތިން ހުރަސް ކުރާނެކަމަށް ލަފާކުރުން
  • ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން.
  • ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުގައި އުފެނުކަން ޔަގީންވުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox