އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު ވަކިކޮށްފި

May 22, 2024, 8:56 AM
އަރަބި ޓްރެވަލް މާކެޓުގައި ފާތިމަތު ތައުފީގު ވާހަކަ ދައްކަނީ. އޭނާގެ ހިންގުމާ ގުޅޭގޮތުން އިސްތިއުފާ ދެއްވި ޗެއާޕާސަން ވަނީ ތުހުމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އެމްއެމްޕީއާރުސީ

އަރަބި ޓްރެވަލް މާކެޓުގައި ފާތިމަތު ތައުފީގު ވާހަކަ ދައްކަނީ. އޭނާގެ ހިންގުމާ ގުޅޭގޮތުން އިސްތިއުފާ ދެއްވި ޗެއާޕާސަން ވަނީ ތުހުމަތުތަކެއް ކުރައްވާފައި --- ފޮޓޯ: އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަކިކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ "އަދަދު" ނޫހަށް އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އެމްއެމްޕީއާރުސީގައި ބޮޑު ހައިޖާނެއް އުފެދި އެ ކޯޕަރޭޝަނުގެ ޗެއާޕާސަން އަައިޝާ ނޫރައިން ނަޖާހު މަގާމުން އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގަ އެވެ.

އޭގެ ފަހުން އެ ކޯޕަރޭޝަންގެ ބޯޑު މެމްބަރު ރާފިލް މުހައްމަދު ވެސް ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ކުޑީ މިއަދު ވަކިކުރި އިރު ފާއިތުވި ފަސް މަހުގެ ތެރޭގައި އެމްއެމްޕީއާރުސީ ފެނުނީ "ކޮންޓްރޮވާސީ" ގައި ގެތިފައި އޮތް ތަނެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ސޯސް މާކެޓު ކަމަށްވާ އިންޑިއާ ދެކޮޅަށް ކުޑީ ޓްވީޓު ކުރުމާއި މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.

އިތުރުވަމުންދާ ފަތުރުވެރިކަމުގެ ސަޕްލައިއާ އެއްވަރަށް ޑިމާންޑު ހޯދުމަށް ރާއްޖެ އިސްތިހާރު ނުކުރެވޭ ކަމަށް މަޓާޓޯގެ ކަންބޮޑުވުން ވެސް ހިމެނޭހެންނެވެ.

އިއްޔެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވަން ނޫރައިން ފޮނުއްވި ސިޓީން އެނގޭ ގޮތުގައި އޭނާ އިސްތިއުފާދެއްވީ އެ ކުންފުނިގެ ހިންގުން ބޮއްސުންލައި, "ބޯޑުގެ ޒިންމާތައް ޕްރޮފެޝަނަލިޒަމް އާއި ކޯޕަރޭޓް ގަވާނަންސް ޕްރިންސިޕަލްސް އާ އެއްގޮތަށް ނަޒާހަތްތެރިކަމާއެކު" އަދާކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox