މެގުއާ ބޭނުންވަނީ އޮފްސައިޑް ބަލަން އެކަނި ވީއޭއާރް ބޭނުންކުރަން

May 21, 2024, 4:27 AM
މެގުއާ ބޭނުންވަނީ އޮފްސައިޑް ބަލަން އެކަނި ވީއޭއާރް ބޭނުންކުރަން

މެންޗެސްޓާ (މެއި 21) - އޭނާ އެދެނީ އިނގިރޭސި ޕްރިމިއާ ލީގުގައި އޮފްސައިޑް ބަލަން އެކަނި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުންކުރަން ފެށީ، 2019/2020 ސީޒަނުން ފެށިގެންނެވެ. ވީއޭއާރް، އިނގިރޭސި ޕްރިމިއާ ލީގުގައި ބޭނުންކުރުން ހުއްޓާލުމަށް، އެ ލީގުގެ ކްލަބްތަކުން އަންނަ މަހު ވޯޓެއް ނަގަން ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

ވުލްވްސް އިން އިސްނަގައި، ހުށަހެޅި މި ޕްރޮޕޯސަލްގެ ވޯޓަށް އަހާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އޮތް ބައްދަލުވުމުގަ އެވެ. އެ ގޮތުން، އެ ވޯޓުގައި، 20 ކްލަބްގެ ތެރެއިން 14 ޓީމުގެ ތާއީދު ލިބިއްޖެނަމަ، އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީއޭއާރް ބޭނުމެއް ނުކުރާނެ އެވެ.

ޕްރިމިއާ ލީގުން ވުލްވްސްގެ މި ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކާފައިވާއިރު، ބައެއް ކުޅުންތެރިން ވެސް އަންނަނީ މި ކަމާ މެދު ޝުއޫރުފާުޅުކުރަމުންނެވެ.

ޔުނައިޓެޑްގެ ޑިފެންޑަރު، މެގުއާ ބުނީ، އޭނާގެ އަމިއްލަ ވިސްނުމުގައި ދެކޭގޮތް ހިއްސާކުރާނަމަ އެދެނީ ވީއޭއާރް އޮތުމަށް ކަމަށެވެ.

"އަހަރެން އެދެން ވީއޭއާރް އޮންނަން، އެކަމަކު، އެއީ، ހަމައެކަނި އޮފްސައިޑް ބެލުމަށް. އެހެން ހުރިހާ ކަމަކަށް އަހަންނެއް ވީއޭއާރް ބޭނުންކުރަން ބޭނުމެއް ނޫން، މި ވަގުތު ލީގުގައި އެ ކުރާ ގޮތަށް. އެއީ، އެއްގޮތަކަށް ނޫން ނިންމުންތައް މި ހުންނަނީ، ކޮންމެ މީހެއްގެ އަމިއްލަ ވިސްނުމެއްގައި ހުންނަ ގޮތަަކަށް،" މެގުއާ ބުންޏެވެ.

ވީއޭއާރްގެ ކަންކަން ރަނގަޅުކުރަން ކޮންމެ ސީޒަނަކަށް ފަހު ވެސް ކްލަބްތަކާއި ޕްރިމިއާ ލީގުން މަޝްވަރާތަކެއް ކުރެ އެވެ. އެކަމަކު، ގިނަ ކޯޗުން ދެކޭ ގޮތުގައި، މި މަޝްވަރާތަކުގެ ބޭނުމެއް ނުހިފެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox