ދީނީ ޕްރޮގްރާމްތަކެއް ހިންގަން ސައުދީގެ ވަފުދެއް ރާއްޖެ އައިސްފި

ރާއްޖެ އައި ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދާއެކު, މިނިސްޓަރު ޝަހީމް; އެ ވަފުދު ރާއްޖެ އައީ ދީނީ ޕްރޮގްރާމްތަކެއް ހިންގަން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެ އައި ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދާއެކު, މިނިސްޓަރު ޝަހީމް; އެ ވަފުދު ރާއްޖެ އައީ ދީނީ ޕްރޮގްރާމްތަކެއް ހިންގަން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ އައިސްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީގެ ވަފުދެއް ރާއްޖެ އައީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އިލްމުވެރިންނާއި, ހަތީބުން އަދި ދީނީ ކަންތައްތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ސައުދީއަށް ކުރެއްވި ދަތުރެއްގައި، ރާއްޖޭގައި އިލްމީ ދާއިރާއިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމާ ބެހޭގޮތުން އެ ގައުމުގެ އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާއި ސައުދީގެ ވަފުދެއް ރާއްޖެ އައީ އޭރު ކުރެވުނު މަޝްވަރާތަކާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މި އިލްމީ މަޝްރޫއުތަކުގެ މައިގަނޑު މަގުސަދުތަކަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ މީސްތަކުންނަށް ބަޔާންކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ދީނީ ކަންތައްތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އިލްމުވެރިންނާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ވެސް އިސްލާމް ދީނުގެ މެދުމިންކަމުގެ ރިވެތި އުސޫލުތައް ކިޔައިދިނުމާއި, ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އިލްމީ ގޮތުން ކިޔައިދިނުން," މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ ގިނަ އިޖްތިމާއީ, އިލްމީ މަޝްރޫއުތަކެއް ސައުދި އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މިއަދު ވަޑައިގެންނެވި ވަފުދަކީ މީގެ ފެށުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox