ގެއްލިގެން އުޅޭ ދޯނި ހޯދަން ޑްރޯން ބޭނުން ނުކުރާ ސަބަބު އެމްއެންޑީއެފް އިން ނުބުނި

އެމްއެންޑީއެފްގެ ޑްރޯނެއް އުދުއްސަނީ: ދޯނި ހޯދަން ޑްރޯން ބޭނުންނުކުރާ މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް އަދިވެސް ނެތް - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޑްރޯނެއް އުދުއްސަނީ: ދޯނި ހޯދަން ޑްރޯން ބޭނުންނުކުރާ މައްސަލާގައި އެމްއެންޑީއެފްގެ ބަހެއް އަދިވެސް ނެތް - ފޮޓޯ: އެމްއެންޑީއެފް

ހުކުރު ދުވަހު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދަން އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް ބޭނުން ނުކުރާ ސަބަބު ހާމަ ކުރަން އެމްއެންޑީއެފް އިން ދެކޮޅު ހަދައިފި އެވެ.

އެމްއެންޑީއެފް އިން އިއްޔެ ބުނީ، ގެއްލުނު ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ މަތިންދާބޯޓެއް ކަމަށެވެ. ފަހުން އެނގުނު ގޮތުގައި ބޭނުންކުރީ މޯލްޑިވިއަންގެ ސީޕްލޭނެކެވެ. އެ މައުލޫމާތާއެކު މި އޮޕަރޭޝަނުގައި ޑްރޯންތައް ބޭނުންނުކުރާ ސަބަބު ހޯދުމަށް މި ނޫހުން ވަނީ އެދިފަ އެވެ.

ނަމަވެސް މިހާތަނަށް ވެސް އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވަމުން ގެންދަވަނީ، މިކަމުގައި އެކްސް އެކައުންޓާއި ޓެލެގްރާމް ގްރޫޕުގައި ހިއްސާކުރި މައުލޫމާތު ފިޔަވާ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ޑްރޯން ބޭނުންނުކުރާ ސަބަބު ހޯދުމަށް ތަކުރާރުކޮށް އެދުމުން ވެސް އެމްއެންޑީއެފުން ބުނީ ބަހެއް ނެތް ކަމަށެވެ.

މިއަދު ހެނދުނު ސިފައިން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބަންގްލަދޭޝް މީހުން ކަމަށް ވެސް ސިފައިން ބުނެ އެވެ.

އެ ދޯނި ހޯދުމަށް ހިންގާ އޮޕަރޭޝަނާ ގުޅިގެން ސިފައިންގެއިން އިއްޔެ ބުނީ، ކަނޑުމަގުން ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝަހީދު އަލީ އާއި މޯލްޑިވިއަންގެ ސީޕްލޭނުން ކަނޑާއި ވައިގެމަގުން، މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މިއަދު ހެދުނާ ހަމައަށް އެ ސަރަހައްދުގެ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ހުކުރު ދުވަހުން ފެށިގެން ވައިގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އޮތީ ރީނދޫ އެލާޓް ނެރެފި އެވެ. މާލޭ ސަރަހައްދަށް ވެސް އިއްޔެ ވަރަށް ބޮޑަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެސް ވެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox