މާލޭ އާ ސަހަރާގެ ފިނިޝިން 2.7 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

މާލޭ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުނީ: މި މަސައްކަތް ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުނީ: މި މަސައްކަތް ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މަރާމާތަށް ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާ މާލޭ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް 2.7 މިލިއަން ރުފިޔާއަށް ހައިމަން ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މުހައްމަދު އައިމަން އެވެ. އަދި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް ވަޖީހު ނަސީރު އެވެ.

އާސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2.7 މިލިއަން ރުފިޔާއަށެވެ. މިއީ ހުސްވި އަހަރުގެ ތެރޭގައި ކުރި އިއުލާނެއްގެ ދަށުން އެ ކުންފުންޏާ ހަވާލުުކުރި މަސައްކަތެކެވެ.

އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މެއި، 2023 ގަ އެވެ. އެއިރު ކައުންސިލުން ބުނި ގޮތުގައި ދެ މަސް ފަހުން މަރާމާތުގެ މަސައްކަތް ނިމި، އާ އިމާރާތާއެކީ މިސްކިތް ބޭނުންކުރެވެން ފެށޭނެ ކަމަށެވެ.

ނަމަވެސް، ނިންމަން ދިން ތާރީހުގެ ފަހުން ދިހަ މަސް ވެގެންދާއިރު އެ ސަރަހައްދުގައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތާއި ކޮންކްރީޓު ތަނބުތަކެއް ޖެހުމުގެ އިތުރަށް އެއްވެސް މަސައްކަތެއް ނުނިމެ އެވެ. އަދި މިހާރު ވެސް އާސަހަރާ މިސްކިތަށް ފެންވަންނާތީ، ނަމާދުކުރަން ދަތިވާކަމަށް އާންމުން ޝަކުވާކުރެ އެވެ.

މި މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މަޝްރޫއާ ފުރަތަމަ ހަވާލުވި ކޮންޓްރެކްޓަރަށް 3.9 ދީފައިވާއިރު، މަސައްކަތް ނުނިމެނީސް ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox