ޗައިނާ ސަފީރުގެ ނަސޭހަތެއް: ދަރަނީގެ މިންވަރު، ދެއްކޭ ހިސާބެއްގައި ހިފަހައްޓަން ޖެހޭ

ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ވާންގް ލިޖިން، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ޗައިނާއިން ރާއްޖެެއަށް ދޭ އެހީތަކާ ބެހޭ ގޮތުން އޭނާ ގިނަ ތަފްސީލުތަކެއް ދެއްވި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ވާންގް ލިޖިން، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ޗައިނާއިން ރާއްޖެެއަށް ދޭ އެހީތަކާ ބެހޭ ގޮތުން އޭނާ ގިނަ ތަފްސީލުތަކެއް ދެއްވި. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ދައުލަތުގެ ދަރަނި ހިފެހެއްޓުމެއް ނެތި ބޮޑުވާތީއާއި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދު ރާއްޖޭގައި ބޮޑުކަމުން، ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް) އިން އަބަދު ވެސް ރާއްޖެއަށް ނަސޭހަތާ އިރުޝާދު ދެ އެވެ. ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ބުނެ، ހަރަދު ކުޑަކުރެވިދާނެ ގޮތްތައް ވެސް އެ ދެ އިދާރާއިން ރާއްޖެއާބެހޭ ގޮތުން ނެރޭ ކޮންމެ ރިޕޯޓެއްގައި ކިޔައިދެ އެވެ.

އެ ދެ އިދާރާއިން އެ އިރުޝާދުތައް ދެމުން އަންނީ ރާއްޖެއަށް މާލީ ގޮތުން އެހީތެރިވާ ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ ހައިސިއްޔަތުންނެވެ.

އެކަން އެހެން އޮތް އިރު ބައިނަލް އަގުވާމީ މުޖުތަމައުގައި ޗައިނާއަށް ކުރިމަތިވެފައި އޮތް ބަދުނާމަކީ މަދު އާމްދަނީގެ ގައުމުތަކަށް ހައްދެއް ނެތް ވަރަށް ލޯނުތައް ދީ، އެ ލޯނުތަކުގެ ޒަރިއްޔާއިން ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. އާއްމު ބަހުރުވައިން ބުނާ ނަމަ "ދަރަނި ދަންތުރައިގައި" ގައުމުތައް ޖެއްސުުމުގެ ތުހުމަތެވެ. ޗައިނާއިން އެ ތުހުމަތުތަކަށް އަބަދުވެސް އިންކާރުކުރެ އެވެ.

ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވާ ސަފީރު ވާންގް ލިޖިން ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ވެސް އެއް ބޭމަކީ އެފަދަ ތުހުމަތުތަކަށް ރައްދު ދިނުމެވެ.

ރައިސް ޑރ.މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން (އިންތިހާބީ ރައީސްގެ ހައިސިއްޔަތުން) ޗައިނާ ސަފީރު ވާންގް ލިޖިންއާ ބައްދްލުކުރައްވަނީ. ފައިލް ފޮޓޯ/ޕީއެންސީ
ރައިސް ޑރ.މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން (އިންތިހާބީ ރައީސްގެ ހައިސިއްޔަތުން) ޗައިނާ ސަފީރު ވާންގް ލިޖިންއާ ބައްދްލުކުރައްވަނީ. ފައިލް ފޮޓޯ/ޕީއެންސީ

ރައިސް ޑރ.މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން (އިންތިހާބީ ރައީސްގެ ހައިސިއްޔަތުން) ޗައިނާ ސަފީރު ވާންގް ލިޖިންއާ ބައްދްލުކުރައްވަނީ. ފައިލް ފޮޓޯ/ޕީއެންސީ

ނޫސްވެރިންގެ ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކައިގައި ދެއްވި އެއް މެސެޖަކީ، "ޗައިނާ ވެސް އޮތީ ރާއްޖެއަށް ހިތުހުރި ވަރަކަށް ދަރަނި ދީފައި، އެ ދަރަނިތައް ދެއްކުން ފަސްކޮށްދޭ ގޮތަށް ނޫންކަމުގެ މެސެޖެވެ. އެއާ އެކު ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން އޭނާ ދެއްވީ ނަސޭހަތެކެވެ. ސަރުކާރާއި ރައްޔިތުން ވެސް ހިމެނޭ ގޮތުން މުޅި ދިވެހި ދައުލަތަށެވެ.

"އެއްކޮޅުން ތިޔަ ބޭފުޅުން ޖެހޭނެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރަން، އެކަމަކު އަނެއްކޮޅުން ތިޔަ ބޭފުޅުން ދަރަނި ވެސް ކުޅަދާނަަވާ މިންވަރެއްގައި [މަތިވިޔަ ނުދީ] ހިފަހައްޓަން ޖެހޭ، އެއީ އަންނަން އޮތް ޖީލަށް ބޮޑު ބުރައެއް ނުޖެއްސުމަށް ޓަކައި، އެއީ ރަނގަޅު ގޮތެއް ނޫން،" ސަފީރު ވާންގް ވިދާޅުވި އެވެ.

އެ ނަސޭހަތާ އެކު އޭނާ ފާހަގަކުރެއްވީ ރާއްޖެ އާއި ޗައިނާ އަކީ ވެސް އިރުމަތީގެ ގައުމުތައް ކަމާއި އިރުމަތީގެ މީހުންގެ ސަގާފަތަކީ "ސާދާ ދިރިއުޅުމެއް އުޅުން" ކަމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "ލަގްޒަރީކޮށް" ދިރިއުޅުމަކީ ހުޅަނގުގެ މީހުންގެ ސަގާފަތެެކެވެ.

"ޗައިނާ އާއި ދިވެހިރާއްޖެއާ ދެ ގައުމަކީ ވެސް އިރުމަތީގެ ގައުމުތައް، އާދެ އަޅުގަނޑުމެންގެ އޮތީ ސާދާ ދިރިއުޅުމެއް އުޅުމުގެ ސަގާފަތެއް. ޗައިނާގައި ޔަގީނުން ވެސް އޮތީ ސާދާ ދިރިއުޅުމެއް އުޅުމުގެ ސަގާފަތް، ހަމަ އެކަނި ހުޅަނގުގެ މީހުން އުޅޭ ފަދަ ލަގްޒަރީ ދިރިއުޅުމެއް ހޯދުމަށް ޓަކައި މާގިނައިން ދަރަނި ނަގާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ސަފީރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ވެސް އެފަަދަ ގޮތަކަށް ވިސްނުން ގެންގުޅެން ފެންނަ ކަމަށް ވިދާޅުވެ އޭނާ ފާހަގަ ކުރެއްވީ ވޯލްޑްބޭންކާއި އައިއެމްއެފުން ވެސް ރާއްޖެއަށް އެގޮތަށް އިރުޝާދު ދީފައިވާ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox