ހަތަރު އަހަރު ތެރޭ ހުވަފެނުގައި ކުލަޖައްސައި ދީމާ އޮލިމްޕިކްސް އަށް!

ރާއްޖޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާގެ މުބާރާތުގެ ތެރެއިން ދީމާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ކުރިއަށްދިޔަ ސައުތު އޭޝިއާގެ މުބާރާތުގެ ތެރެއިން ދީމާ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މޮރީޝިއަސްގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ, އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) އިން ވިދާލި ފާތިމަތު ދީމާ އަލީ އަކީ ރާއްޖޭގެ ޓީޓީގެ ކުރިމަގެވެ. އެހެންވެ, އެ މުބާރާތަށް ފަހު, ކުޅިވަރު ނޫސްވެރިން އިންޓަވިއު ހޯދަން އެންމެ ބޮޑު ޑިމާންޑެއް ކުރި އެއް ކުޅުންތެރިޔަކީ ވެސް ދީމާ އެވެ.

އިއްޔެ ދީމާ ހޯދި ކާމިޔާބީއާ އެކު, ހަނދާނަށް އާވީ، މީގެ ފަސް އަހަރު ކުރިން ދީމާ އަޅުގަނޑަށް ދިން އިންޓަވިއު އެވެ. އޭރު އުމުރުން އެންމެ 12 އަހަރުގެ ދީމާ, އޭނާގެ ޓީޓީގެ ކުރިމަގުގެ ޕްލޭން އިންޓަވިއުގައި ހިއްސާކުރި އެވެ.

"ދީމާ ބޭނުން ގައުމަށް ކާމިޔާބީ ހޯދައިދޭން. ދީމާގެ އެންމެ ބޮޑު އެއް ޓާގެޓް އެއީ, ރާއްޖެ އަށް ރީތި ނަން ހޯދައިދިނުން," އިންޓަވިއު ފަށަމުން ދީމާ ބުންޏެވެ.

Advertisement

އުމުރުން ޅަ ކުޅުންތެރިއެއް ކަމަކު ދީމާ އޭރުވެސް، އެންމެ ބޭނުންވި ކަމަކީ، ގައުމަށް ކާމިޔާބީ ހޯދައިދިނުމެވެ.

އައިއޯއައިޖީގައި ހޯދި ކާމިޔާބީއާއެކު, ދެން ކެރިޔަރުގައި އަމާޒަކީ ކޮބައިތޯ ސުވާލު ކުރުމުން ކުޑައިރުކޮޅަކު ވިސްނާލަން ހުރުމަށް ފަހު ދީމާ ބުނީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް އަށް ދާން ބޭނުންވާ ވާހަކަ އެވެ. ދީމާ، އެކަން ހާސިލްކުރީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ރަން އަކުރުން ލިޔެވޭ ގޮތަށެވެ.

" އޮލިމްޕިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުން އެއީ ދީމާގެ ޑްރީމެއް" -- ދީމާ

އިއްުޔެ ނިމުނު، އޮލިމްޕިކްސްގެ ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ޗެމްޕިއަން ކަމާއެކު ދީމާގެ އެ ހުވަފެން ހަގީގަތަކަށްވީ އެވެ. މި އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ ޕެރިސް އޮލިމްޕިކްސް މުބާރާތުގައި ޔަގީނުންވެސް ދީމާ ވާދަކުރާނެ އެވެ. ދީމާގެ މި ކާމިޔާބީ އަކީ ކުޑަ ކާމިޔާބީ އެއް ނޫނެވެ. ދީމާ މި ކާމިޔާބީ ހޯދީ ފަސް ބެލުމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރި މަސައްކަތުންނެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލާޝިޕްގެ ދަށުން ދީމާ ވަނީ މިދިޔަ ހަތަރު އަހަރު ތެރޭގައި ގިނަ ތަމްރީނުތަކެއް ފުރިހަމަ ކޮށް, ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީ މުބާރާތުގައި ދީމާ ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ކާމިޔާބީ ތަކުރާރު ކޮށްފަ އެވެ.

ދީމާ އަކީ ރާއްޖެއިން އޮލިމްޕިކް ކޮލިފިކޭޝަނެއް ކުޅެ, މުބާރާތައް ކޮލިފައިވި ފުރަތަމަ އެތުލީޓު ވެސް މެ އެވެ. ދީމާގެ ކާމިޔާބީ އަށް މުޅި ގައުމު ފަހުރުވެރިވާއިރު, އިއްޔެ އިން ފެށިގެން މުޅި ސޯޝަލް މީޑިއާ ބަންޑުން ކޮށްލީ ދީމާގެ ކާމިޔާބީ އަށް މަރުހަބާ ކިޔުމުގަ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދީމާ އަށް މަރުހަބާ ކިޔައިފަ އެވެ.

ދީމާގެ ކެރިޔަރުގެ ފެށުމަކީ ދީމާގެ ބައްޕަ އެވެ. ދީމާ ޓީޓީ ކުޅެން ފެށީ ބައްޕަގެ އެދުމުގެ މަތިންނެވެ. މިއަދު އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ އެވެ. ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ މަގުބޫލު ކުޅުންތެރިއެކެވެ.

އިއްޔެގެ ކާމިޔާބީ ދީމާ އަށް ހާއްސަވާ އިތުރު ސަބަބެއް އެބައޮތެވެ. އެއީ ދީމާ ޓީޓީ ކުޅެން ފެށީ ސްރީ ލަންކާގަ އެވެ. ލަންކާގެ މުބާރާތްތަކުގައި ވެސް މީގެ ކުރިން ދީމާ ވަނީ ވާދަކޮށްފަ އެވެ. އެކަމަކު، 2019 ވަނަ އަހަރު ލަންކާގެ ގައުމީ ޓީމަށް ކުޅުމުގެ ބަދަލުގައި ދީމާ ރާއްޖެ އަށް ކުޅެން ނިންމި ނިންމުމާއެކު, ލަންކާ މުބާރާތްތަކުގައި އޭނާ އަށް އޭގެ ފަހުން ކުޅެވޭ ގޮތެއް ނުވި އެވެ.

"ދީމާ އަދިވެސް ދެރަވޭ, ލަންކާ މުބާރާތްތަކުގައި ދެން ދީމާ އަށް ނުކުޅެވޭނެތީ," ދީމާ ބުންޏެވެ.

އެކަމަކު، މިއަދު ދީމާ އެ ހުރީ މާ އުފާވެރި މަންޒިލެއްގަ އެވެ. ރާއްޖޭގެ ކޮންމެ ފަރުދަކު، ފަހުރުވެރިވާނެ ފަދަ ރަން މަގާމެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox