އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެެތުލީޓުގެ ޝަރަފް ދީމާ އަށް

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެެތުލީޓުގެ ޝަރަފް ދީމާ އަށް

ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓީޓީ، ތަރި ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވެއްޖެ އެވެ.

ދީމާ، އަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އޮލިމްޕިކްސް އަށް ކޮލިފައިވެގެން، ވާދަކުރާނެ ފުރަތަމަ އެތުލީޓެވެ. މިއާ އެކު ދީމާ އަށް މި ވަނީ ރާއްޖޭގެ ކުޅިވަރުން ހާއްސަ ޝަރަފެއް ލިބިފަ އެވެ. މީގެ ކުރިން ރާއްޖެ އަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ. އެކަމަކު، ދީމާ މި ވަނީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ފުރުސަތު ހޯދައިފަ އެވެ.

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

Advertisement

މިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ދީމާ ކުޅުނީ ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 4-1 ސެޓުންނެވެ.

ކޮލިފިކޭޝަނުގައި އިންޑިއާ ފިޔަވައި، ސަރަހައްދުގެ ހުރިހާ ގައުމަކުން ބައިވެރިވި އެވެ. މި ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ބައިވެރިވި އެވެ. އެއީ ދީމާގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަޚްޔާރް އަހުމަދު ޚާލިދު އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ދީމާ ވަނީ އިތުބާރާ އެކު, ކުޅެ ސެޓުގެ ފަހު ކޮޅުގައި ތަފާތު ދައްކައިފަ އެވެ. މި ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ދީމާގެ ފަރާތުން އާދައިގެ ގޯސްތަކެއް ހެދުނުއިރު, މި ސެޓު ލަންކާގެ ބަންދަރާ ވަނީ 11-7 އިން ކާމިޔާބު ކޮށްފަ އެވެ.

މުޅި މެޗުގައި ފެނިގެންދިޔަ އެންމެ ވާދަވެރި ކުޅުން ފެނިގެންދިޔައީ މެޗުގެ ތިންވަނަ ސެޓުގަ އެވެ. ތިންވަނަ ސެޓުގައި އެއްވެސް ކުޅުންތެރިއަކަށް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ނުވި އެވެ. ސެޓުގެ ފަހު ކޮޅު ދީމާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ދީމާ ގެންދިޔައީ 13-11 އިންނެވެ.

ހަތަރުވަނަ ސެޓު ދީމާ ކާމިޔާބުކުރީ 11-7 އިންނެވެ. ކައިރިކައިރިން ދިޔަ މި ސެޓުގައި ވެސް ދީމާ ވަނީ ފަހުކޮޅު ވިސްނުންތެރިކަމާއެކު ކުޅެ, ތަފާތު ދައްކާފަ އެވެ.

ފަސްވަނަ ސެޓު ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ދީމާ ހޯދުމާއެކު ބަންޑާރާ ވަނީ ޓައިމް އައުޓް އެއް ނަގާފަ އެވެ. ޓައިމް އައުޓަށްފަހު ވެސް ދީމާ ވަނީ ކުރީގެ ކުޅުން ތަކުރާރުކޮށް ލީޑު ހިފަހައްޓާފަ އެވެ. މި ސެޓު ދީމާ ކާމިޔާބުކުރީ 11-5 އިންނެވެ.

ކޮލިފިކޭޝަން ކާމިޔާބުކުރުމާ އެކު, ދީމާ އަށް މި އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox