ދީމާގެ ކާމިޔާބީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ލިޔެވިއްޖެ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ދީމާގެ ކާމިޔާބީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ލިޔެވިއްޖެ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކްސްގައި މީގެ ކުރިން ވެސް ދިވެހި ކުޅުންތެރިން ވާދަކުރި އެވެ. އެކަމަކު، އުމުރުން 16 އަހަރުގެ ފާތިމަތު ދީމާ އަލީ، މި އަހަރު ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވި ކާމިޔާބު ހާއްސަވާ ސަބަބެއް އެބައޮތެވެ. ދީމާ އަކީ, އޮލިމްޕިކްސްގެ ކޮލިފިކޭޝަނެއް ކުޅެ, އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓެވެ.

ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޓީޓީ ކޮލިފިކޭޝަނުގެ ޗެމްޕިއަންކަން ދީމާ ހޯދީ ލަންކާގެ އެއް ވަނަ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށްގެންނެވެ. ދީމާ ވަނީ މީގެ ކުރިން ގްރޫޕް ސްޓޭޖުގައި ވެސް ބަންޑާރާގެ މައްޗަށް ކުރިހޯދައިފަ އެވެ.

Advertisement

ދީމާގެ ކާމިޔާބީ ހާއްސަ

ދީމާގެ ކާމިޔާބު ހާއްސަވާ ސަބަބުތައް ގިނަ އެވެ. އެއީ ދީމާ އަކީ އަލަށް ކޮލިފިކޭޝަން ބުރުގެ މުބާރާތެއް ކުޅެ ޗެމްޕިއަންކަން ހޯދާ, އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްގައި ވާދަކުރަނީ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތުގަ އެވެ. އެ ގޮތުން، 1988 ވަނަ އަހަރުން ފެށިގެން، އެތުލެޓިކްސް އާއި ސްވިމިން އަށް ރާއްޖެ އަށް ލިބޭ އިންވިޓޭޝަނަލް ފުރުސަތުތަކުގައި، އެތުލީޓުން ވާދަކުރެ އެެވެ. އޭގެ ތެރެއިން، 2012 ވަަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި، ބެޑްމިންޓަން ކުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދު ވާދަކުރިއިރު، އެންމެ ފަހުން ބޭއްވި ޓޯކިޔޯ އޮލިމްޕިކްސް އާއި މި ފަހަރުގެ އޮލިމްޕިކްސްގައި އިންވިޓޭޝަނަލް ފުރުސަތުގައި ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ ވާދަކުރާނެ އެވެ.

އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ), "އަދަދު" އަށް ވިދާޅުވީ, ދީމާ އާއި އެހެން ކުޅުންތެރިންނާ ތަފާތުވަނީ ދީމާ ކޮލިފައިން ކުޅެ, އެ މުބާރާތުގެ ޗެމްޕިއަންކަމާއެކު އޮލިމްޕިކްސް އަށް ކޮލިފައިވުމުން ކަމަށެވެ.

"މީގެ ކުރިން ރާއްޖެއިން އޮލިމްޕިކްސްގައި އެތުލީޓުން ވާދަކޮށްފައިވަނީ ޔުނިވާސާލިޓީ ޕްލޭސްގައި އެއީީ ސްވިމިންގް އާއި އެތުލެޓިކްސްގެ އެތުލީޓުން ދެން މި މި ލިބެނީ, ޓްރައިޕާޓޭ އިންވިޓޭޝަން, އެ ގޮތަށް ވެސް އެތުލީޓުން ވަނީ އޮލިމްޕިކްސްގައި ވާދަކޮށްފައި, މި އަހަރުގެ އޮލިމްޕިކްސްގައި ވެސް އެ ގޮތަށް ކުޅުންތެރިން ބައިވެރިވާނެ." ތަމޫހު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮލިފައިން ސީރީސްތަކުގައި ކުޅިވަރުތަކުން ރާއްޖޭގެ އެތުލީޓުން އަންނަނީ ބައިވެރިވަމުންނެވެ. އަދި އެ މުބާރާތްތަކުން ލިބޭ ޕޮއިންޓްތަކާ އެކު, އެ ކުޅުންތެރިންގެ ރޭންކިންގައި ކުރިއެރުންވެސް އަންނަނީ ހޯދަމުންނެވެ. ޓްރައިޕާޓޭ އިންވިޓޭޝަން ލިބޭ ކުޅުންތެރިންނަށް އެ ފުރުސަތު ލިބެނީ މި ޕޮއިންޓްތަކަށް ބެލުމަށްފަހުގަ އެވެ.

ތަމޫ ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް އޮލިމްޕިކްސް ކޮލިފައިންގައި ވާދަކޮށް ކާމިޔާބު ހޯދުން މިއީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން މިރޭ ނެރުނު ބަޔާނުގައިވަނީ މި ކާމިޔާބީގައި ދީމާގެ އާއިލާ އާއި ކޯޗު، ޒްވޮނިމީރް ކޮރެނިޗް އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ދައުރު ފާހަގަކުރި އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ، ދީމާގެ މި ކާމިޔާބީ އަކީ މި ކުރު މުއްދަތުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ ނޫސްބަޔާން.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox