ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސި މައްސަލަ: އެމްއެންޑީއެފް އިން ބުނީ ދައުރުވަނީ ފޭކު ސިޓީއެއް ކަމަށް

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރެއް : އެމްއެންޑީއެފުން ބުނަނީ އިންޑިއާއަށް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ސިޓީއެއްކަން އިނގޭކަށް ނެތް ކަމަށް - ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި ދުއްވާ އިންޑިއާގެ ހެލިކޮޕްޓަރެއް : އެމްއެންޑީއެފުން ބުނަނީ އިންޑިއާއަށް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްހަ ސިޓީއެއްކަން އިނގޭކަށް ނެތް ކަމަށް - ފޮޓޯ: އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު، އެންގުމަކައި ނުލައި ތ. ތިމަރަފުއްޓަށް ޖެއްސި ކަމަށް ބުނާ މައްސަލައިގައި އެމްއެންޑީއެފް އިން ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކު ސިޓީއެއް ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފް އިން ފޮނުވި ކަމަށް ބުނާ ސިޓީއަކީ މީގެ ކުރިން ވެސް އާންމުވެފައިވާ ސިޓީއެކެވެ. އަނެއްކާ ވެސް އެ ސިޓީ ދައުރު ކުރަމުން މި ދަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ހޮނިހިރު ދުވަހު ވިދާޅުވުމުންނެވެ. އެކަމަކު، އެ މައްސަލައަށްފަހު ހުއްދަ ނެތި އެއްވެސް ހެލިކޮޕްޓަރު ދަތުރެއް ނުކުރަން އިންޑިއާއަށް އަންގާފައިވާނެ ކަމަށް ސިފައިން ވެސް އެ ބައްދަލުވުމުގައި ބުންޏެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، "ސޯޝަލް މީޑިއާގައި ދައުރުވާ ސިޓީ އަކީ ސޮއިކޮށްފައި އޮތް ސިޓީއަކަށް ނުވާތީ މިއީ އެމްއެންޑީއެފުން އެއްވެސް ފަރާތަކަށް ފޮނުވާފައި އޮތް ސިޓީއެއްކަން އިނގެން ނެތް" ކަމަށެވެ. އެ ސިޓީގައި ލިޔެފައިވާ އިބާރާތްތައް ބޭނުންކޮށްގެން އެހެން ސިޓީއެއް ވެސް ފޮނުވާފައިނުވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ފޮނުވި ކަމަށް ބުނެ ދައުރު ކުރާ ސިޓީ

ޣައްސާނުގެ ތުހުމަތުތަކަށްފަހު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ވަނީ ބަޔާނެއް ނެރެ، ރާއްޖޭގައި ހުރި އެ ގައުމުގެ ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމަޖެންސީ ހާލަތެއް ދިމާވެގެން ތިމަރަފުއްޓަށް ޖެއްސި ކަމަށް އިންޑިއާއިން ވެސް އެއްބަސްވެ އެވެ.

އިމަޖެންސީގައި ތިމަރަފުއްޓަށް ޖެއްސި ދަތުރު ވެސް ފެށީ ދިވެހިން ސިފައިންގެ ހުއްދައާއެކު ކަމަށް އިންޑިއާއިން ބުނެ އެވެ. ތިމަރަފުށީ އެއާޕޯޓުގައި ހެލިކޮޕްޓަރު ޖެއްސުމުގެ ކުރިން ޓްރެފިކް ކޮންޓްރޯލުން ވެސް ހުއްދަ ހޯދި ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

ކުރިން އިންޑިއާގެ އަސްކަރިއްޔާއިން އޮޕަރޭޓުކުރަމުން އައި ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަންތައް މިހާރު ހިންގަނީ އެ ގައުމުގެ އަސްކަރިއްޔާގެ ސީދާ ބެލުމުގެ ދަށުން ހިންގާ ސަރުކާރު ކުންފުންޏެއް ކަމުގައިވާ ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑުގެ ފަންނީ މީހުން ވެސް ބައިވެރިވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox