ދިއްދޫއަށް "ނަގޫރޯޅި" އެއް އަރައި، ހަ ގެއެއްގެ ފުރާޅު އެއްލާލައިފި

ހއ. ދިއްދޫއަށް ގަދަޔަށް ވައި ޖެހި، ގެތަކުގެ ފުރާޅު އެއްލާލާފައި: ހުޅަނގު މޫސުން ފެށޭ ދުވަސްވަރަށް ވުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މި ދުވަސްވަރު މޫސުން ގޯސް -- ފޮޓޯ: ދިއްދޫ ކައުންސިލު

ހއ. ދިއްދޫއަށް ގަދަޔަށް ވައި ޖެހި، ގެތަކުގެ ފުރާޅު އެއްލާލާފައި: ހުޅަނގު މޫސުން ފެށޭ ދުވަސްވަރަށް ވުމުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މި ދުވަސްވަރު މޫސުން ގޯސް -- ފޮޓޯ: ދިއްދޫ ކައުންސިލު

ހއ. ދިއްދޫއަށް ރޭ ބޯކޮށް ވާރޭ ވެހުނު ގަޑިއެއްގައި ގަދަޔަށް ވައި ޖެހި ނަގޫރޯޅިއެއް ކަހަލަ އެއްޗެއް އަރައި، އެ ރަށުގައި މީހުން ދިރިއުޅެމުން ދިޔަ ހަ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

ދިއްދޫ ކައުންސިލުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ ރަށު ފްލެޓު ސަރަހައްދުގައި ހުރި ގެތަކުގެ ޓިނުތައް އުކާލައި، ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު "އަދަދު" އަށް ވިދާޅުވީ ފަތިހު އެންމެ ގަދަޔަށް ވައި ޖެހުނު ގަޑީގައި ފުރާޅު އެއްލާލުމާ ގުޅިގެން، ގެތަކަށް ފެން ވަން ވަދެ، ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށެވެ.

"ހަ ފްލެޓު ވަރު ހަމަ އެއްކޮށް ފުރާޅު އެއްލާލާފައި ވަޔަށް، ދެން އެ ގޭގެ ސީލިން ވެސް ހަލާކުވެ، ވާރޭ ވެހުނީމައި ގޭގެ ފަރުނީޗަރުތައް ވެސް ހަލާކުވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މި ގޭގޭގައި ދިރިއުޅެމުން ދިޔަ މީހުން ވަގުތީ ގޮތުން އާއިލީ ގެތަކުގައި އުޅެމުން އަންނައިރު، ކައުންސިލުން އަންނަނީ އެ ގެތަކުގައި މީހުން ދިރިއުޅެވޭ ވަރު ކުރުމުގެ ގޮތުން ފުރާޅު ހަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ލިބެން ހުރި ބާ ޓިނު ބޭނުންކޮށްގެން އެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތީރިޓީ (އެމްއެންޑީއޭ) އާ ވާހަކަދެކެވި، ގެއްލުން ލިބުނު މީހުންނަށް އެހީ ދިނުމާ ގުޅޭ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫއަށް ބޯކޮށް ވާރޭ ވެހި ގެއްލުންތަކެއް ލިބިފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސް ދުވަސްވަރެވެ. ސަބަބަކީ މިއީ ހުޅަނގު މޫސުން ފެށޭ ދުވަސްވަރަށް ވުމެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު ވެސް މުޅި ރާއްޖެއަށް ހުދު ސަމާލެއް (ވައިޓް އެލާޓެއް) އަދި ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލެއް (ޔެލޯ އެލާޓެއް) ނެރެފަ އެވެ. ރޭގެ ވަގުތެއްގައި ތ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓެއް ވެސް ނެރުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox