ވިލާ ކޮލެޖުން ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން ކޯހެއް ތައާރަފުކޮށްފި

ވިލާ ކޮލެޖު: ބެޗްލާއޮފް ސިވިލް އިންޖިނިއަރިން ކޯހެއެއް ވަނީ ތައާރަފްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިލާ ކޮލެޖު: ބެޗްލާއޮފް ސިވިލް އިންޖިނިއަރިން ކޯހެއެއް ވަނީ ތައާރަފްކޮށްފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވިލާ ކޮލެޖުން ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން ކޯހެއް ތައާރަފުކޮށްފި އެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގެ ފަރާތުން ތައާރަފުކުރި މި ކޯހަކީ އިންޖިނިއަރިންގެ ރޮނގުން ގައުމުގައި ހުނަރުވެރި ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ފެށި މަސައްކަތެކެވެ.

ވިލާ ކޮލެޖުން ބުނީ މި ކޯހަކީ ވޮޝިންޓަން އެކޯޑާއި އެލައިން ކުރެވިގެން ޑިޒައިން ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމެއް ފޯރުކޮށްދިނުމަށާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

މި ޕްރޮގްރާމާއެކު ވިލާ ކޮލެޖުން ކުރިއަށް ގެންދާ ފައުންޑޭޝަން އިންޖިނިއަރިން ޕްރޮގްރާމް ފުރިހަމަކޮށްފައި ތިބި ކުދިންނަށް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރަން ކުރަމުން ދިޔަ ދިގު އިންތިޒާރަށް ވަނީ ނިމުމެއް ގެނެވިފައި ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މި ޕްރޮގްރާމަކީ އިންޖިނިއަރިން ދާއިރާއިން އިންޖިނިއަރުން ތަމްރީންކުރުމަށް ބޭނުންވާ ތިއަރީ އާއި ޕްރެކްޓިކަލްސް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ، ކޮންޓެންޓްގެ ގޮތުންވެސް ވަރަށް ފުރިހަމަ ޕްރޮގްރާމެކެވެ.

މިގޮތުން ފްރޮގްރާމްގެ ދަށުން އިމާރާތްކުރުމުގެ މަޝްރޫއުތައް ޕްލޭންކޮށް، ޑިޒައިންކޮށް، އިމާރާތްކޮށް އަދި މެނޭޖްކުރުމުގެ ގާބިލްކަން ހުރި ޕްރޮފެޝަނަލް ގްރެޖުއޭޓުން އުފައްދާނެ އެވެ.

"މިކޯހުގައި ސިވިލް އިންޖިނިއަރިންއާ ގުޅުންހުރި ސްޕެޝަލިސްޓް ދާއިރާތައް ކަމުގައިވާ ސްޓްރަކްޗަރަލް އިންޖިނިއަރިން، ޖިއޯޓެކްނިކަލް އިންޖިނިއަރިން، އެންވަޔަރމެންޓަލް އިންޖިނިއަރިން، ވޯޓާ، ހައިވޭ އިންޖިނިއަރިން، އަދި ޓްރާންސްޕޮޓޭޝަން ބެހޭ މުހިއްމު ދާއިރާތަކުން ކިޔަވައިދޭނެ. ޕްރޮގްރާމް ފަރުމާކުރެވިފައި ވާނީ ރާއްޖެއިން ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުން،" ވިލާ ކޮލެޖުން ބުންޏެވެ.

މިކޯހުން ދަސްވެނިވެގެން ދާނެ ދަރިވަރުންނަކީ ސީދާ ވަޒީފާއަށް ނުކުތުމަށް ތައްޔާރުކުރެވިފައިވާ ދަރިވަރުންތަކެއް ކަމުގައި ޔަގީކަން ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓާ ސައިންސްގެ ހެޑް، އުދުމާ އަބްދުލް ލަތީފް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ޒަމާނީ ލެބޯޓްރީތަކާއި ޒަމާނީ ސިމިއުލޭޝަން ޓޫލްސްތައް މެދުވެރިކޮށް އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ އިލްމު ފޯރުކޮށްދެ އެވެ. އަދި ޕްރޮގްރާމްގައި ހިމެނޭ އިންޑަސްޓްރިއަލް ޓްރޭނިން މޮޑިއުލްގެ ސަބަބުން ދަރިވަރުންނަށް މަސައްކަތުގެ ހަގީގީ މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމްޕްލެކްސް އިންޖިނިއަރިން މައްސަލަތަކަށް އުފެއްދުންތެރި އަދި އާ ހައްލުތައް ހޯދައިގެން ދަރިވަރުންނަށް ގްރެޖުއޭޓް ވެވޭނެ ގޮތަށް ކެޕްސްޓޯން ޕްރޮޖެކްޓަކާއި މިނީ ޕްރޮޖެކްޓްތަކާއި ފައިނަލް އިޔާ ޕްރޮޖެކްޓެއް ވެސް މިޕްރޮގްރާމްގައި ހިމެނިފައިވެ އެވެ.

މީގެ އިތުރުން ވެސް އެހެނިހެން ސޮފްޓް ސްކިލްސްތައް ކަމުގައިވާ އެފެކްޓިވް ކޮމިއުނިކޭޝަނާއި ޕްރެޒެންޓޭޝަން ސްކިލްސް އާއި ޕްރޮފެޝަނަލް އެތިކްސް އާއި ސޭފްޓީ އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް މި ޕްރޮގްރާމްގެ ތެރެއިން ދަސްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox