ނުވަ އަހަރު ފަހުން ރަސްމީ ފާލަމަށް ބޮޑު ބަދަލެއް: "11 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ނިމޭއިރު ފާލަމުގެ ފެންވަރު ރަނގަޅުވާނެ"

May 12, 2024, 4:57 PM
ނުވަ އަހަރު ފަހުން ރަސްމީ ފާލަމަށް ބޮޑު ބަދަލެއް: "11 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ނިމޭއިރު ފާލަމުގެ ފެންވަރު ރަނގަޅުވާނެ"

ޖުމުލަ 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިއްޒުއްދީން ފާލަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމޭއިރު ހުންނާނީ ގައުމިއްޔަތު އަދި ސަގާފަތް ރަމްޒުކޮށްދޭ ޑިޒައިނެއްގައި ފެންވަރު ވެސް މާ ރަނގަޅަށް ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

ބައްތެއްޔެއްގެ ޑިޒައިނަށް ކުރިން ފަރުމާކުރި އިއްޒުއްދީން ފާލަން ހުޅުވީ މީގެ އެންމެ ނުވަ އަހަރު ކުރިން ޖުލައި، 2015، ގަ އެވެ. ނަމަވެސް ފާލަމުގައި ދަބަރު ޖެހުމާއި ބައްތެލީގެ ރިޔާ ގޮތަށް ސިފަވާ ގޮތަށް ހުރި ސަތަރިގަނޑު ހަލާކުވެގެން ދެ ފަހަރަކު މަރާމާރު ކުރަންޖެހުނެވެ. އެއީ ޗައިނާ ސަރުކާރުގެ އެހީގައި ސިފައިން އެޅި ފާލަމެކެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 11.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަލުން ހަދާ ފާލަމަކީ ގިނަ ދުވަހު ބޭނުން ކުރެވޭ ފާލަމަކަށްވާނެ ކަމަށެވެ.

"އަލުން ތަރައްގީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދ،ޭ ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަން،" އެ ބަޔާނުގައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިން ބޭނުން ކުރުމަށް ރަސްމީ ފާލަމެއް ބޭނުން ކުރަން ފެށީ 1953 ވަނަ އަހަރެވެ. ކުރިން އެ ފާލަމަށް ކިޔައި އުޅުނީ އެއް ނަންބަރު ޖެޓީ އެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އަލުން ހަދައި ހުޅުވީ އިއްޒުއްދީން ފާލަމުގެ ނަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox