ޗެލްސީގެ ކޯޗުކަމުން ވަކިކުރިޔަސް ޕޮޗެޓީނޯ އެކަން ބަލައިގަންނާނެ

May 11, 2024, 4:50 AM
ޗެލްސީގެ ކޯޗުކަމުން ވަކިކުރިޔަސް ޕޮޗެޓީނޯ އެކަން ބަލައިގަންނާނެ

ލަންޑަން (މެއި 11) - ޗެލްސީގެ ކޯޗުކަމުން އޭނާ ވަކިކުރަން އެ ކްލަބްގެ ވެރިން ނިންމައިފިނަމަ އެކަން ބަލަައިގަންނާނެ ކަމަށް އެ ޓީމުގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަނު ޗެލްސީއާ ހަވާލުވި ޕޮޗެޓީނޯ މި ސީޒަނަށް ފަހު އެ ޓީމުން ވަކިކުރާނެ ކަމުގެ ވާހަކަ މީޑިއާގައި މިދިޔަ ހައެއްކަ މަހު އަންނަނީ ދެކެވެމުންނެވެ. އެކަމަކު، ފަހަކަށް އައިސް ޕޮޗެޓީނޯ ވަނީ ޗެލްސީގެ ނަތީޖާތަަށް ވަރަށް ބޮޑަށް ރަނގަޅުކުރަމުންނެވެ. އެ ކަމުގެ ވާހަކަތައް، ޗެލްސީގެ ވެރިޔާ، ޓޮޑް ބޯލީ ވެސް ވަނީ މީޑިއާގައި ދައްކައިފަ އެވެ.

އެކަމަކު، އަދިވެސް ކޮންމެވެސް ވަރަކަށް ޗެލްސީން ކޯޗު ބަދަލުކުރާނެ ކަމުގެ ރިޕޯޓްތައް މީޑިއާގައި ހިނގަ އެވެ. ޕޮޗެޓީނޯ ބުނީ، އޭނާ ވަކިކުރަން ޗެލްސީން ނިންމިޔަސް އެއީ ހުރިހާ ކަމެއްގެ ނިމުން ނޫން ކަމަށެވެ. އެކަމަކު، އޭނާ ޗެލްސީގައި ހުންނާނީ އެ ކްލަބްގައި އޮތް ޕްރޮޖެކްޓާ މެދު އެންމެންނަށް އެއްބަސްވެވޭނަމަ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެެވެ.

"މީގެ މުހިންމު ކަމަކީ އެންމެން އުފަލުގައި ތިބުން، އެއް ވިސްނުމެއްގައި ތިބުން. ކްލަބްގެ ވެރިޔާ އާއި ސްޕޯޓިން ޑިރެކްޓަރު އުފަލުގައި ހުރެފައި، ކޯޗުން ހިތްހަމަނުޖެހި ހުރެގެން މި ކަމެއް ނުވާނެ. ހަަމަ އެ ގޮތަށް، ކޯޗުން ހިތްހަމަޖެހިފައި ކްލަބްގެ ވެރިޔާ އާއި ސްޕޯޓިން ޑިރެކްޓަރު ނުރުހިފައި ހުރެގެން ވެސް ބޭނުންވާ ކަމެއް ނުވާނެ،" ޕޮޗެޓީނޯ ބުންޏެވެ.

"އަހަންނަކީ ޕްރޮފެޝަނަލެއް، ކޮންމެ ނިންމުމެއް ވެސް އަހަރެން ބަލައިގަންނާނަން. އެ ގޮތަށް، އަހަރެން މަސައްކަތް ކުރާނީ ވެސް ޓީމެއްގެ ގޮތުގައި ކުރެވޭނަމަ،"

ލީގުގެ ހަތް ވަަނައިގައި މި ވަގުތު އޮތް ޗެލްސީ މިރޭ ކުޅޭ މެޗުގައި ރަށުންބޭރުގައި ނުކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. ލީގުގެ ފަހު މެޗުގައި ޗެލްސީން މި މަހު 19 ގައި ބޯންމައުތާ ބައްދަލުކުރާނީ އަމިއްލަ ދަނޑުގަ އެވެ. އެއީ، ޕޮޗެޓީނޯ، ޗެލްސީ އަށް ކޯޗުކޮށްދޭ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox