މޯލްޑިވްސް އެއާޕޯސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ފޮނުވާ 10 މުވައްޒަފުން ކަނޑައަޅައި އެ މުވައްޒުންނާ އިއްޔެ ލިޔުން ހަވާލުކޮށްފި އެވެ.
ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އެމްއޭސީއެލްއިން ހައްޖަށް ފޮނުވަނީ އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ، އަދި މަސައްކަތަށް ރަނގަޅު މުވައްޒަފުންނަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު -- ފޮޓޯ: އެމްއޭސީއެލް
ކޮވިޑާ ގުޅިގެން އެމްއޭސީއެލްއިން އެ ކުންފުނީގެ ހަރަދުގައި ހައްޖަށް މުވައްޒަފުން ފޮނުވުން މެދުކަނޑާލުމަށްފަހު، އަލުން ދަތުރު ދޭން ފެށީ މިދިޔަ އަހަރުގަ އެވެ.

މިދިޔަ އަހަރު އެމްއޭސީއެލްގެ ހަރަދުގައި ފަސް މުވައްޒަފަކު ވަނީ ހައްޖަށް ފޮނުވައިފަ އެވެ.













