ތެލަސީމިއާ ހޮސްޕިޓަލް ވާނީ މި ސަރަހައްދުގެ ވެސް ވަރުގަދަ ތަނަކަށް: ހަލީލް

ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހެލްތު މިިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. -- ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހެލްތު މިިނިސްޓަރު ޑރ. އަބްދުﷲ ހަލީލް. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ބިނާ ކުރަން ނިންމާފައިވާ ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގެ ވެސް އެންމެ ވަރުގަދަ އެއް ތަނަށް ކަމަށް ހެލްތު މިިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ ވިދާޅުވެއްޖެ އެވެ.

ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ކެބިނެޓުން ފާސްކޮށް، އެކަން އިއުލާނުކުރީ ޑިސެމްބަރު 10، 2023 ގަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު މިހާތަނަށް ސަރުކާރުން ހާމަ ނުކުރެ އެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަ ކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ހެލްތު މިިނިސްޓަރު ހަލީލު ވަނީ އެ ހޮސްޕިޓަލްގެ ތަސައްވުރާއި ގުޅޭ ގޮތުންނާއި ތެލަސީމިއާ ގުޅޭ ޕްލޭންތައް ހިއްސާ ކުރައްވައިފަ އެވެ.

Advertisement

"ރައީސްގެ ވަރަށް ވަރުގަދަ ތަސައްވުރެއް ރާއްޖޭގައި ފުލްފުލެޖު ތެލަސީމިއާ ހޮސްޕިޓަލެއް ހުރުން އެއީ. އެތަން އެމަނިކުފާނުގެ ވިސްނުންފުޅަށް ބަލާއިރު އެތަން ވެގެންދާނީ މި ސަރަހައްދުގައި ވެސް ގާއިމުކުރެވޭ އެންމެ ވަރުގަދަ އެއް ތަނަށް،" ހަލީލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްގައި ތެލަސީމިއާ މީހުންނަށް ބޯންމެރޯ އޮޕަރޭޝަން ކުރެވޭނެ ކަމަށާއި އޭގެ އިތުރުން އެންމެ ފަހުގެ ވަސީލަތްތަކާއި ލްބްތައް ގާއިމުކުރެވި، ފަހުގެ ސައިންސްގެ ޒަރިއްޔާއިން މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އާލާތްތައް ގާއިމު ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލްގައި އެންމެ ޒަމާނީ ބްލަޑް ބޭންކެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތެލެސީމިއާ ސެންޓަރު 30 އަހަރަށް ފަހު ހުޅުމާލެ އަށް

ތެލެސީމިއާ ލޭ އަޅާ ކުދިންނަށް ފަރުވާ ދިނުމާއި ލޭ އެޅުމުގެ ހިދުމަތް ދިނުމަށް މާލޭގައި މިހާރު ހުރި ސެންޓަރު ގާއިމުކޮށްފައި ވަނީ 1994 ވަނަ އަހަރު އެވެ. މާލޭ ސަރަހައްދުގައި ލޭ އަޅާ ގާތްގަނޑަކަށް 400 ކުދިން ތިބިއިރު، ތެލެސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ބޮޑުވެ، އަދި އެ މަރުކަޒު ބާވެ ހަލާކުވަމުންދާ ކަމުގެ ޝަކުވާ ދިޔައީ ކުރަމުންނެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ސެންޓަރު ހުޅުމާލެ އަށް ބަދަލުކުރަން މިދިޔަ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް، އެކަން ކާމިޔާބެއް ނުވެ އެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރު ހަލީލު ވިދާޅުވީ ތެލަސީމިއާ ސެންޓަރު ގާއިމުކުރަން މިހާރު ހުޅުމާލޭ ފޭސް އެކެއްގެ އިމާރާތަކުން ޖާގަ ލިބިފައިވާ ކަމަށާއި ލޭ އަޅާ ކުދިންގެ މަޝްވަރާއާއެކު އެތަން ޑިޒައިންކޮށް، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަށް ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް ތެލަސީމިއާ ސެންޓަރު ބަދަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބޯންމެރޯ ހެދުމަށް ލޭ އަޅާ 10 ކުއްޖަކު މި އަހަރު އިންޑިއާ އަށް ފޮނުވާނެ ކަމަށާއި އޭގެތެރެއިން ފުރަތަމަ ފަސް ކުދިން އަހަރުގެ މެދުތެރޭގައި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާ ޓެސްޓް" ހެދުމަށް ބޭނުންވާ ވަސީލަތް ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ މީހުން ތަމްރީނު ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭން ބޭރަށް ނުގޮސް ބޯންމެރޯގެ ކްރޮސްމެޗް ޓެސްޓު ރާއްޖޭގައި ހަދަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ މާޗު މަހު 13 ފަރާތެއްގެ ބޯންމެރޯ ކްރޮސްމެޗް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox