ރޭ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
"ލިއޯ ޕާލް" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު އޭގައި ތިބީ ފަސް މީހުންނެވެ.
އެ މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ތިއްބާ ރޭ ފަތިހު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީ މީހެކެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
އިއްޔެ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. އަދި މެޓު އޮފީހުން އޮތީ ބޮޑު ހިސާބަކަށް ހުދު އެލާޓު ނެރަފަ އެވެ.














