ފެކްޓު ޗެކް: ރައީސް މުއިއްޒު އިއުލާނު ކުރީ ސޯލިހު ފުއްދާފައިވާ ވައުދެއް ފުއްދަން!

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ ދުވަަސްވަރު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދައުލަތުގެ ދެ ކުންފުންޏަކުން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓުގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ވާދަ ކުރާ ކެންޑިޑޭޓުނަށް ތާއިދު ހޯދުމަށް ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު މައާފު ކުރުމަށް އެދި ސަރުކާރު ހުޅުވުމުން ހުށަހެޅޭނެ ކަމަށެވެ.

"މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ އެ އިންޓްރެސްޓް މައާފުކުރާނަމޭ. އެކަމަކު ނުކުރޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެޗްޑީއެފްސީން ހައުސިން ލޯނު ނެގި ފަރާތްތަކަށް ވެސް ކޮވިޑުގައި އެރި އިންޓްރެސްޓު އެއްކޮށް މާފުކުރަން ސަރުކާރުން ވަނީ ނިންމާފައި. އެވެސް އެޕްލައި ކުރެވޭނެ އެޗްޑީއެފްސީއަށް އީދު ބަންދަށް ފަހު ހުޅުވުނީމައި," ރައީސް ވިދާޅުވި އެވެ.

ކަން ހިނގާފައިވާ ގޮތް

އެސްޑީއެފްސީ މެދުވެރިކޮށް 2،117 ވިޔަފާރިއަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް އޭރު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ކޮވިޑުގެ ދުވަސްވަރު ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް ކަނޑާލައި، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނު ތެރޭގަ އެވެ.

އެ ވައުދު ފުއްދެވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ރައީސް ސޯލިހަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުއްވީ އޮކްޓޯބަރު 13، 2023 ގަ އެވެ. އެ ސިޓީގެ ޖަވާބު ރައީސް އޮފީހުން ދެއްވީ ނޮވެމްބަރު 15، 2023 ގަ އެވެ.

އެ ސިޓީގައި އެދިފައި ވަނީ އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް 19 ރިލީފް ލޯނުތަކުގެ އިންޓްރަސްޓަށްވާ 22.8 މިލިއަން ރުފިޔާ އަކީ ދައުލަތަށް އަނބުރާ ނުލިބޭނެ ފައިސާއެއް ކަމަށް ކަނޑައެޅުމަށާއ،ި އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ 23.7 މިލިއަން ރުފިޔާ، އެއީ ލޯނުތަކުގެ ޕްރިންސިޕަލް އަނބުރާ ދެއްކުމަށް ދައްކާފައިވާ ފައިސާ ގޮތަށް ކަނޑައެޅު މަށާއ،ި ޕްރިންސިޕަލް އަދަދަށް ވުރެ އިތުރަށް ދެއްކިފައިވާ 1.07 މިލިއަން ރުފިޔާ، އެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް ރައްދުކުރުމުގެ ހުއްދަ އަށެވެ. އަދި ޕްރިންސިޕަލް އަދަދުގެ ނުދައްކައި ބާކީ ހުރި އަދަދު 10 އަހަރަށް ދަންމާލުމުގެ ހުއްދަ އަށެވެ.

އެހެންވެ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.14 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ފާހަގަ މިކުރި ފައިސާ މައާފުކޮށްދީ، އަދި ލޯނުގެ މުއްދަތު 10 އަހަރަށް ދިގުކޮށް ދިނެވެ.

ރައީސް މުއިއްޒު މިރޭ ދެން ވިދާޅުވީ އެޗްޑީއެފްސީން ދޫކުރި ލޯނުގެ ވާހަކަ އެވެ. އެޗްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ކޮވިޑުގެ ހާލަތާ ގުޅިގެން ލޯނުތައް އަނބުރާ ދެއްކުމަށް ލުއިތަކެއް ދިނެވެ. ސަރުކާރުގެ "ގެދޮރުވެރިޔާ" ލޯނު ސްކީމު ތައާރަފުކޮށް، 6 ޕަސެންޓުގެ އިންޓަރެސްޓުގައި ލޯނު ދޫކުރީ ވެސް އެޗްޑީއެފްސީންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުން ހައުސިން ލޯނުތަކުގެ އިންޓަރެސްޓު މައާފު ކުރާނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެޗްޑީއެފްސީއަކީ ސަރުކާރުގެ އަގުލަބިއްޔަތު ހިއްސާ އޮންނަ މާލީ އިދާރާއެއް ނޫނެވެ. އެހެންވެ، ރައީސް ވައުދު ވިޔަސް، ލޯނުގެ އިންޓަރެސްޓު މައާފު ކުރުމާ ގުޅޭ ހުށަހެޅުމާމެދު އެޗްޑީއެފްސީގެ ބޯޑުން ގޮތެއް ނިންމަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox