"ގެދޮރުވެރިޔާ" ލޯން މި އަހަރު ފަހުކޮޅު ދޫކުރަން ފަށާނަން: އެޗްޑީއެފްސީ

ޝަފީގް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: މި މަހު ފަހުކޮޅު ލޯން ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި.

ޝަފީގް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ: މި މަހު ފަހުކޮޅު ލޯން ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި.

ސަރުކާރުން މިރޭ އިއުލާންކުރި "ގެދޮރުވެރިޔާ" ލޯން ސްކީމަށް މި މަހުގެ ތެރޭގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި މި އަހަރުގެ ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން މިރޭ ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން މިއަދު އިއުލާންކުރި ގެދޮރުވެރިޔާ ލޯން ސްކީމަކީ ރަށްރަށުގައި ދިރުއުޅޭ މީހުންނަށް ގެދޮރު ބިނާކުރަން ލުއިގޮތްތަކެއް ފަހިކޮށްދޭން ކުރިޔަށް ގެންދާ ސްކީމެކެވެ. މި ލޯނު ސްކީމްގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތްކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ އެވެ.

ގެދޮރުވެރިޔާ ލޯނު އިއުލާންކުރަން ބޭއްވި ހަފްލާގައި ލޯނާ ގުޅޭގޮތުން މައުލޫމާތުދެމުން އެޗްޑީއެފްސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީގު ވިދާޅުވީ މި ލޯނު ފަރުމާކުރީ ލޯނަށް އެދާ ފަރާތްތަކަށް ވީހާ ވެސް ލުއިގޮތަކަށް ކަމަށެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމުން ފެށިގެން ގޮސް ލޯނުގެ އިކުއިޓީ އަދާކުރުމުގައި ލުއިގޮތްތަކެއް ހަމަޖައްސާދީފައި ވާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ސޯޝަލް ސްކީމް ލޯންތަކަކީ މި ފަރާތްތަކަށް ވަރަށް ފަސޭހައިން މީގައި ބައިވެރިވެވި އަދި އެ ފަރާތްތައް ބޭނުންވާ މަގުސަދު ހާސިލުކުރެވޭނެ ޕްރޮގްރާމަކަށް ވުން" ޝަފީގް ވިދާޅުވި އެވެ.

ލޯން ސްކީމްގެ އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

މި ލޯންގައި ކޮން މަހަކު ދައްކަން ޖެހޭ ވަރު، 5000ރ. އަށް ވުރެ ބޮޑު ނުވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ގެދޮރުވެރިޔާ ލޯނުގެ ތެރެއިން އެންމެ ގިނަވެެގެން ލިބެނޭ ހަތް ލައްކަ ރުފިޔާ އެވެ. މިއީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ވިހި އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަދާކުރަން ޖެހޭ ލޯނުތަކެކެވެ. މި ލޯނަށް އެދޭ ފަރާތްތަކުން އިކުއިޓީއަށް ދައްކަން ޖެހެނީ ލޯނުގެ 20 ޕަސެންޓެވެ. އަދި ރަހުނުކުރަން ޖެހެނީ އިމާރާތްކުރާ ބިމާއި އިމާރާތެވެ. އިތުރު ރަހުނެއް ހުށައަޅާކަށް ނުޖެހެ އެވެ.

މިއީ ސޯޝަލް ސްކީމް ލޯނުތަކެއް ކަމުން އެޗްޑީއެފްސީން ވަނީ އިކުއިޓީއަށް ދައްކަން ޖެހޭ 20 ޕަސެންޓު ދެއްކުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން އިކުއިޓީ ބެލުމުގައި މިހާރު އިމާރާތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ތަންތަން ބޭނުން ކުރެވޭ ބައިބައިގެ ރެނޮވޭޝަން ހެދުމަށް ފަހު އެ އަދަދު އިކުއިޓީ ކަނޑައެޅުމުގައި ބަލާނެ އެވެ. އަދި ބިމުގެ އަގާއި އެ މީހަކު ރައްކާކޮށްފައި ހުރި ފައިސާއަށް ވެސް ބަލާނެ އެވެ.

ޝަފީގް ވިދާޅުވި ގޮތުގައި މިއީ ލޯން ސްކީމެއް ކަމުން މި ލޯނު ދޫކުރާ ފަރާތްތަކަކީ އަނބުރާ ފައިސާ ދެއްކޭ ގާބިލިއްޔަތު ހުރި ފަރާތްތަކެއްތޯ ކަށަވަރު ކުރާނެ އެވެ. އަދި އެ ފަރާތްތަކުން ލޯނު ނެގި މަގުސަދު ހާސިލުކުރޭތޯ ކަށަވަރުކުރުމަށް ލޯނު ދޫކުރަނީ ބައިބަޔަށް ބަހާލައިގެންނެވެ. މި މަސައްކަތް އެޗްޑީއެފްސީން ކުރަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ.

ލޯނު ނަގާ މީހުންގެ އާމްދަނީ ކަށަވަރުކުރުމާއި ލޯނުގެ މަގުސަދު ހާސިލުކުރޭތޯ ބަލަން ނިންމާފައިވާ ސަބަބާ ގުޅޭގޮތުން ޝަފީގް ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ލޯން ސްކީމްތައް ކުރިޔަށް ގެންދަން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މި ދޫކުރަނީ ލޯނެއް. މި ލޯނުތަކަކީ މަހުން މަހަށް ދައްކަން ލާރި ޖެހޭ އެއްޗަކަށް ވާތީ ވަރަށް ބޮޑަށް އަޅުގަނޑުމެން މި ލޯނުތައް ދޫކުރާއިރު އެބަ ބަލަން އެ ފަރާތުގެ ކެޕޭސިޓީ އެބަހުރިތޯ. އެހެން ނޫންކަމަށް ވާނަމަ ކެޕޭސިޓީ ނެތް ފަރާތްތަކަށް ދޫކޮށްގެން މުސްތަގުބަލުގައި މިކަހަލަ ލޯން ސްކީމްތައް ކުރިޔަށް ގެންދަން އުނދަގޫވާނެ" ޝަފީގް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox