11 އޭޕްރީލް 2024 - 22:38 0
ސާއިފް ޝިޔާދު
11 އޭޕްރީލް 2024 - 22:38 0
ކޮވިޑުގެ ދުވަަސްވަރު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދައުލަތުގެ ދެ ކުންފުންޏަކުން ދޫކޮށްފައިވާ ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް ރޭޓުތައް މާފުކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު މާފުކުރުމަށް އެދި ސަރުކާރު ހުޅުވުމުން ހުށަހެޅޭނެ ކަމަށެވެ.
"މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ އެ އިންޓްރެސްޓް މާފުކުރާނަމޭ. އެކަމަކު ނުކުރޭ. ނުކޮށް ވެރިކަން ބަދަލުވީ. ހަވާލުވެފައި ކޮވިޑު ލޯނު ނެގި ފަރާތްތަކުގެ އިންޓްރެސްޓު މާފުކުރަން މިދިޔަ ހަތަރު މަހު މަސައްކަތް ކުރެވިފައި ވަނީ," ރައީސް ހާމަކުރެއްވި އެވެ.
އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކާ އެކު އެގްރީމެންޓެއް ހަދައި އިންޓްރެސްޓު މާފުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެޗްޑީއެފްސީން ހައުސިން ލޯނު ނެގި ފަރާތްތަކަށް ވެސް އެ ކޮވިޑުގައި އެރި އިންޓްރެސްޓު އެއްކޮށް މާފުކުރަން ސަރުކާރުން ވަނީ ނިންމާފައި. އެވެސް އެޕްލައި ކުރެވޭނެ އެޗްޑީއެފްސީއަށް އީދު ބަންދަށް ފަހު ހުޅުވުނީމައި," ރައީސް ހާމަކުރެއްވި އެވެ.
އެސްޑީއެފްސީ މެދުވެރިކޮށް 2،117 ވިޔަފާރިއަކަށް 362.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށް އޭރު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
Comment