ރިހާނަށް ކޮންމެ ގައުމީ ރެކޯޑަކީ ފަހުރެއް، އާދައިގެ ކަމެއް ނޫން

ރިހާނަށް ކޮންމެ ގައުމީ ރެކޯޑަކީ ފަހުރެއް، އާދައިގެ ކަމެއް ނޫން

ސްކައުޓް ހަރަކާތްތަކުގެ ތެރެއިން ބެޖް ލިބެން އޮތީ ފަތަން ދަސްކޮށްގެންނެވެ. އެހެންވެ، މުހައްމަދު ރިހާން ޝިހާމް އަށް ފެތުމުގެ ތެރެއަށް ވަންނަން ޖެހުނެވެ. އެ ގޮތުން، 2014 ވަނަ އަހަރު، އެކަމަށްޓަކައި، ފެތުން ފަށައި، އެހެން ނަމަވެސް ފަހުން ފޫހިވެގެން ހުއްޓާލީ އެވެ. އެކަމަކު އޭގެ ފަހުން، އަނެއްކާ ވެސް ފެތުން ޝައުގުވެރި ކަމެއްގެ ގޮތުގައި ފެންނާތީ، އަލުން ފެތުމުގެ ތެރެއަށް ދިޔައީ އެވެ. މާ ލަސްތަކެއް ނުވެ، ގައުމީ ޓީމުގައި ހިމެނި، ރާއްޖެ ތަމްސީލްކުރާ ފެތުންތެރިއެއްގެ ގޮތުގައި ފިޔަޖަހަމުން އަންނަ، ރިހާން ކެރިއަރެއް ބިނާކުރަން މިހާރު ވިސްނައިގެން ހުރީ ވެސް ފެތުމުންނެވެ.

"ދެން އެހާ މަޖާ އެއްޗަކަށް ނުވީމަ، ދެން ފުޓްބޯޅަ ހެން ހުރިހާ އެންމެން ކުޅޭ އެއްޗަކަށްވެފައި ސްވިމިން ދެން އެހާ ވަރުގެ ސްޕޯޓަކަށް ނުވީމަ ހުއްޓާލާފައި އަނެއްކާ ވެސް ޝައުގުވެރިވެގެން ފެށީ. ދެން އަލުން ފެށިއިރު، ޝައުގުވެރިކަން އުފެދުމާ އެކު ފަން ސްޕޯޓަކަށް ވެއްޖެ،" ރިހާން، އަދަދު ސްޕޯޓްސްގެ "ތަފާތު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ރިހާން ބުންޏެވެ.

ރިހާން އެންމެ ފުރަތަމަ ވާދަކުރި މުބާރާތަކީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ، މިނިވަން 50 ފެތުމުގެ މުބާރާތުގަ އެވެ. އެ މުބާރާތުގައި އެ ފެނިގެންދިޔަ، މަޖާ އަދި ވާދަވެރި ކަންކަން ފެނިގެންދިއުމާއި، އެ ކަމުގެ ތަޖުރިބާތަކުގެ ސަބަބުން ރިހާން ހިތުގައި، ފެތުމުގެ ޝައުގުވެރިކަން އިތުރުވި އެވެ

މަޑުމަޑުން ފެތުމުން ކުރިއަށް ގޮސް، ގައުމީ ޓީމާ ހަމައަށް ރިހާން ދިއައީ ވެސް ހަލުވި ދުވެއްޔެއްގަ އެވެ.

"ގައުމީ (ސީނިއާ) ޓީމަށް އެރީ 2020 ވަނަ އަހަރު. އޭރު ގާތްގަނޑަކަށްވާނީ 13 އަހަރު. އޭގެ ކުރިން 2019 ވަނަ އަހަރު އޮތް އައިއޯއައިޖީގެ ޓައިމް ޓްރަޔަލްސް ޖެހިން، އެ ފަަހަރަކު ނުހޮވުނު. އެ އަހަރު އިންޑިއާގެ ބެންގަލޫރުގައި އޮތް އޭޖް ގްރޫޕް ކޮމްޕެޓިޝަން އަކަށް ދިޔައިން،" ރިހާން ބުންޏެވެ.

"(2022 ވަަނަ އަހަރުގެ ބާމިންހަމް) ކޮމަންވެލްތު ގޭމްސް އެއްޗެހިން ފަށައިގެން އިމްޕްރޫވްވަމުން އައީ،"

މިހާރު އާދެވިފައި ހުރި ހިސާބަކީ، ރިހާން ކުރިން އުންމީދުކޮށްގެން ހުރިކަމެއް ނޫނެވެ. އަމުދުން މިހާ ކުރު މުއްދަތެއްގައި މި ލެވަލަށް އާދެވުނީ، ޝައުގުވެރިކަމާ އެކު، ފަރުވާ ބަހައްޓައިގެން ކުރެވުނު މަސައްކަތުންނެވެ.

"އެހާ ކުޑަ އުމުރެއްގައި 15 އަހަރުގައި، އެ މުބާރާތުގައި ވެސް ފުރަތަމަ ނެޝަނަލް ރެކޯޑް ބްރޭކްކުރެވުނީމަ ވެސް އަސްލު ވަރަށް އުފާވި،" ރިހާން ބުންޏެވެ.

ބާމިންހަމްގައި 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކުރިއިރުގެ ހަނދާން ރިހާން އަށް ހާއްސަވާ ސަބަބު އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

"އެ ދުވަހު ދިޔައިރު، ހިއެއް ވެސް ނުކުރަން ރެކޯޑެއް ހެދޭނެ ކަމަކަށް. ދެން ހަަމަ ރިހާން ގޮސްފައި، ރިހާންގެ ހަމަ ބެސްޓް ޖަހައި ނިންމާފައި. ހަމަ އަތްލާފައި ބެލިއިރު، ރެކޯޑެއް އެއީ. ދެން މާގިނަ އިރެއްނުވެ، އެ ރެކޯޑް ދިޔައީ. ތިން މިނިޓް ފަހުން، އެކަމަކު ވަރަށް އުފާވި އެ ރެކޯޑް ހެދުނީމަ، އެއީ އެ ރެކޯޑް އެ ބްރޭކްކުރެވުނީ އަށް އަހަރު ފަހުން. 100 މީޓަރު ބަޓަފްލައިގައި," ރިހާން ބުންޏެވެ.

މި ވަގުތަށް ބަލާއިރު ރިހާން އަކީ، ގިނަ ގައުމީ ރެކޯޑްތަކެއް ހޯލްޑް ކުރާ ފެތުންތެރިއެކެވެ.

އެ ގޮތުން، 100 މީޓަރު ލޯންގް ބަޓަފްލައި، 200 މީޓަރު ޝޯޓް/ލޯންގް ބަޓަފްލައި، 200 މީޓަރާއި 400 މީޓަރު ލޯންގް ފްރީސްޓައިލް އަދި 400 މީޓަރު ލޯންގް އިންޑިވިޖުއަލް މެޑްލޭ ރެކޯޑް އޮތީ ރިހާން އަތުގަ އެވެ. ރިލޭ އިވެންޓްތަކަށް ބަލާއިރު، 4 ގުނަ 50 މީޓަރު މިކްސް ރިލޭ، 4 ގުނަ 100 މީޓަރު މިކްސް ރިލޭ، 4 ގުނަ 100 މީޓަރު ފިރިހެނުންގެ ރިލޭ އަދި 4 ގުނަ 200 މީޓަރު ފްރީސްޓައިލް ފިރިހެނުންގެ ރިލޭގެ ރެކޯޑްގައި އޮތް ޓީމުގައި ވެސް ރިހާންގެ ބައިވެރިވުން އެބައޮތެވެ.

ކުރު މުއްދަތެއްގައި މި ލިބެމުން އަންނަ ކާމިޔާބީގައި ރިހާންގެ ކޯޗުންނާއި އާއިލާގެ އެއްބާރުލުން ވަރަށް ބޮޑެވެ. އެންމެންގެ އެހީތެރިކަމާ އެއްވަރަށް ރިހާން އަމިއްލަ އަށް އިސްނަގައިގެން ވެސް ކަންކަން ކުރެ އެވެ.

އެ ގޮތުން އަމިއްލަ "ސްވިމިން ލޮގް ބުކް" އެއްގައި އޭނާ އަމިއްލަ ސްޓެޓިސްޓިކްސް ބަލަހައްޓައި، ކުރިއަށްދިއުމަށް، އަމިއްލަ އަށް މަސައްކަތްތަކެއް ކުރެ އެވެ.

"ބައެއް ފަހަރު މިސާލަކަށް އިވެންޓެއް ޖަހާފައި މާ ރަނގަޅު ޓައިމިން އެއް ވެސް ނުލިބިދާނެ. ދެން އެހެންވީމަ، އެ ލިބެނީ ދޯ ލެސަން އެއް (ފިލާވަޅެއް) ކޮންމެ ފަހަރަކު، ކޮންމެ ފަހަރަކު އެންމެ ރަނގަޅު ޓައިމިން އެއް ނުލިބޭނެކަން ދެން ކޮންމެ ފަހަރަކު މަސައްކަތް ކުރުން،" ރިހާން ބުންޏެވެ.

"ގައުމީ ރެކޯޑެއް އެއީ ވަރަށް ބޮޑު ފަހުރެއް ކޮންމެ މީހަކަށް ލިބޭނެ ފަހުރެއް ނޫން. އޮލިމްޕިކްސް އަށް ކޮލިފައިވުން."

ރާއްޖޭގެ ފެތުންތެރިންނަށް އެންމެ ބޮޑު ޗެލެންޖަކީ، 25 މީޓަރު ޕޫލެއްގައި ޓްރެއިން ކޮށްފައި، ބޭރަށް ގޮސް މުބާރާތުގައި 50 މީޓަރު ޕޫލެއްގައި ވާދަކުރުމެވެ. އެކަމަކު، އެ ގޮންޖެހުންތަކާ ވެސް ކުރިމަތިލައި، ރަނގަޅު ވާދައެއްކޮށް ގައުމީ ރެކޯޑް ރާއްޖޭން ބޭރުގައި ވެސް މުގުރާލެވުމުން، އެގޭ ކަމަކީ، އެތުލީޓުންގެ ކިބައިގައި އެ ހުންނަ ޖޯޝް ކަމަށް ރިހާން ގަބޫލުކުރެ އެވެ.

"ވަރަށް ރަނގަޅު ކުދިން މިހާރު މި ތިބީ، ޕޫލު ލިބުމާ އެކީގައި ހުރިހާ ކުދިންގެ ޓައިމިން ދެން އަރަމުން އަންނަ ކުދިން، 13، 14، 15 އަހަރުގެ ކުދިން ވެސް ހަމަ މިހާރު ހަމަ ރެކޯޑްތައް ބްރޭކްކުރޭ،" ރިހާން ބުންޏެވެ.

"ރިހާން ދެކޭ ގޮތުގައި ވަރަށް އެކުވެރި ބަދަހި ކޮށް ގައުމީ ޓީމު އޮންނަނީ،"

މިހާރު ލިބެމުން އަންނަ ކާމިޔާބީތަކާ އެކު، ކޮށެމުން އަންނަ މަގުތަކުން ކުރިއަށްގޮސް، ރިހާން ބޭނުންވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްއާ ހަމައަށް ވެސް ދިއުމަށެވެ. ރިހާން ހުރީ ކިޔެވުން ކުރިއަށް ގެންދިޔަސް، ފެތުމުގެ ކެރިއަރު ވެސް މެނޭޖްކޮށްގެން ހަރުފަތަކަށް ފަހު ހަރުފަތެއް މައްޗަށް ޖެއްސުމުގެ އަޒުމުގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox