މަޖިލިސް އިންތިހާބުގައި މިހާރު ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ އަދަދު ތަރުޖަމާނަށް ވެސް ސާފެއް ނުވޭ

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު : ޕީއެންސީ ކެންޑިޑޭޓުންގެ އަދަދު އޭނާއަކަށްވެސް ސާފެއް ނުކޮށްދެވުނު - ފޮޓޯ: އިޔާދު / އަދަދު

ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު : ޕީއެންސީ ކެންޑިޑޭޓުންގެ އަދަދު އޭނާއަކަށްވެސް ސާފެއް ނުކޮށްދެވުނު - ފޮޓޯ: އިޔާދު / އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސީދާ އަދަދު ސާފުކޮށް ވިދާޅުވާން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދަށް ދަތި ވެއްޖެ އެެވެ.

މަޖިލިސް ކެމްޕޭނުގެ އަދާހަމަ ގެނެސްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ވަނީ ސަރުކާރާއި ޕީއެންސީގެ ތާއީދު އޮތް ކެންޑިޑޭޓުން ސާފުނުވާ މައްސަލާގައި ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.

އެގޮތުން، ބައެއް ދާއިރާތަކުގެ ޕީއެންސީ ކެންޑިޑޭޓުން ފަހަތަށް ޖެހި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންދާ ދިޔުމާއި، އެހެން ދާއިރާތަކުގައި ޕީއެންސީ ކެންޑިޑޭޓުން ތިއްބާ ސަރުކާރުގެ އިސްވެރިން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަމުންދާ ދިޔުން ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

މިކަން މިހެން ހުރުމާއި، މީގެ ކުރިން ތިން ދާއިރާއަކަށް ވާދަނުކުރާން ޕީއެންސީއިން ނިންމި ނިންމުމާއެކު މިހާރު އެ ޕާޓީން ވާދަކުރައްވަނީ ކިތައް ކެންޑިޑޭޓުންތޯ ހީނާއާ ސުވާލުކުރި އެވެ.

އެ ސުވާލު ފުރަތަމަ ކުރިމަތިވުމުން ހީނާ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި އެ ޕާޓީގެ ކެންޑިޑޭޓުން ފަހަތަށް ޖެހި އެހެން ކެންޑިޑޭޓުންނަށް ތާއީދުކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ.

"ކެންޑިޑޭޓުންނަށް ބަދަލުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް، އެގޮތަށް އެބަހުރި ހަމަ ބައެއް ދާއިރާތަކުގަ އަޅުގަނޑުމެންގެ ޓިކެޓުގަ ވާދަކުރާ ކެންޑިޑޭޓު ފަހަތަށް ޖެހިފަ އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށްފަ، އެއީ އެ ދާއިރާގެ މަޖިލިސް ގޮނޑި ޕީޕީއެމް ޕީއެންސީއަށް ނެގޭނެ ފޯމިއުލާއަކަށް ވިސްނަވާފަ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ"

ހީނާގެ މި ޖަވާބާ އެކުވެސް ކެންޑިޑޭޓުންގެ އަދަދު ސާފުކުރުމަށް ނޫސްވެރިން ވަނީ އަހާފަ އެވެ. ނަމަވެސް އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އެ ނަމްބަރުތައް ނޫސްވެރިންގެ ބައްދަލުވުމަށްފަހު ދެއްވާނެ ކަމަށެވެ.

ނަމަވެސް ޕްރެސްއަށްފަހު ނޫސްވެރިންނަށް އެ މައުލޫމާތު ހިއްސާކޮށްފަ ނުވާ ކަމަށް މިއަދުގެ ބައްދަލުވުމަށްދިޔަ ނޫސްވެރިން މައުލޫމާތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox