އައިވީއެފް ފަރުވާއަށް އެދެން ހުޅުވާލައިފި، މިއަހަރު ފުރުސަތު ދެނީ 100 ދެމަފިރިންނަށް

ކުއްޖަކު މަންމައާއެކު ސްކޫލަށް ދަނީ: އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެދެން ހުޅުވާލައިފި -- ފޮޓޯ:އަދަދު

ކުއްޖަކު މަންމައާއެކު ސްކޫލަށް ދަނީ: އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެދެން ހުޅުވާލައިފި -- ފޮޓޯ:އަދަދު

ދަރިމައިވުމާ ގުޅޭ ދެ ފަރުވާ ކަމަށްވާ އައިޔޫއައި އަދި އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ހޯދުމަށް އެދި ފޯމު ހުށަހަޅަން ހުޅުވާލައިފި އެވެ.

އާސަންދައިގެ ދަށުން އައިވީއެފް ފަރުވާއަށް އެދި ހުށަހަޅަން ހުޅުވާލީ އިއްޔެއިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަކަށެވެ. މޭ 15 ގެ ނިޔަލަށް ހުށަހަޅާ ފޯމުތަކުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން މި އަހަރު އައިވީއެފް ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ އެންމެ މަތިން ޕޮއިންޓު ލިބޭ 100 ދެމަފިރިންނަށެވެ.

އާސަންދައިގެ ދަށުން އައިވީއެފް ހިދުމަތް ލިބިގަނެވޭނީ ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލް ކުރެވޭ މަރުކަޒުތައް މެދުވެރިކޮށެވެ.

އައިވީއެފްގެ ހިދުމަތް ހޯދުމަށް ފޯމު ހުށަހަޅަން ޖެހެނީ އެ ފަރުވާ ބޭނުންވާ ކަމަށް ބުނާ ޑޮކްޓަރުގެ ލިޔުމަކާއި, ކުށާއި ދަރަނީގެ ރިޕޯޓާއި, ދެމަފިރިންގެ މުސާރައާއި އިނާޔަތްތައް އެނގޭނެ ރަސްމީ ލިޔުމެއްގެ އިތުރުން ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް އަދި ކުރިން ހޯދާފައިވާ އައިވީއެފް ޓްރީމަންޓާ ބެހޭ ސިއްހީ ލިޔެކިއުންތަކުގެ އިތުރުން ކައިވެނީގެ ސެޓްފިކެޓާއި އައިޑީކާޑާއެކު އެވެ.

އައިވީއެފް ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް އެންސްޕާއަށް ނުވަތަ އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސްގެ 4 ވަނަ ފަނގިފިލާގައި ގާއިމްކޮށްފައިވާ އެންސްޕާ ކައުންޓަރުތަކަށެވެ.

އައިޔޫއައި

އާސަންދަ މެދު ވެރިކޮށް އައިޔޫއައި ހިދުމަތް ފޯރުކޮށްދޭން ހުޅުވާލީ މާޗް, 15 އިން ފެށިގެންނެވެ. އައިޔޫއައި ދެނީ މި ހިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ހަމައެކަނި ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮސް, ގިނަވެގެން ތިން ފަހަރަށެވެ.

އައިޔޫއައި ހިދުމަތް ހޯދުމަށް ފޯމު ހުށަހަޅަން ޖެހެނީ އެ ފަރުވާ ބޭނުންވާ ކަމަށް ބުނާ ޑޮކްޓަރުގެ ލިޔުމާއި ކުށާއި ދަރަނީގެ ރިޕޯޓުގެ އިތުރުން ކައިވެނީގެ ސެޓްފިކެޓާއި އައިޑީކާޑާއެކު އެވެ.

އައިޔޫއައި އަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް އާސަންދައަށް ނުވަތަ ފެންބިލްޑިން 3 ވަނަ ފަންގިފިލާގައި ހުންނަ އާސަންދަ ކުންފުނީގެ ކައުންޓަރުންނާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ 'ވިރަ' ކައުންޓަރުތަކަށެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހޭ ފޯމު އާސަންދަ އަދި އެންސްޕާގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox