ޑްރޯންތަކާއެކީ އަސްކަރިއްޔާގެ ގާބިލުކަން ބޮޑުތަނުން އިތުރުވެއްޖެ: ސިފައިންގެ ޗީފް އަބްދުއްރަހީމް

ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް އަބްދުއްލަތީފް: މީގެ ކުރިން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެހެން ގައުމުތަކަށް ބަރޯސާވާންޖެހުނު ކަމަށް ވިދާޅުވި -- ފޮޓޯ

ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް އަބްދުއްލަތީފް: މީގެ ކުރިން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެހެން ގައުމުތަކަށް ބަރޯސާވާންޖެހުނު ކަމަށް ވިދާޅުވި -- ފޮޓޯ

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށް، ޑްރޯންތައް ބޭނުންކުރަން ފެށުމާ އެކީ ސިފައިންގެ އަސްކަރީ ގާބިލުކަން މިއަދު އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް އެއާ ކޯ އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއެކު އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ނުވަތަ ޑްރޯންތައް ހޯއްދަވައިދެއްވާ ދިވެހި އަސްކަރީ ގާބިލުކަން މިއަދު މިވަނީ އެތައް ގުނައަކަށް އިތުރުވެފައި ކަމަށާއި، މިއީ ގައުމީ ސަަލާމަތަށް ލިބިގެންދާ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއް ކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ހިދުމަތުގެ ތާރީހެއް އޮތްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އޭގެ ތެރެއިން ގިނަ ދުވަސްތަކުގައި ހިދުމަތް ދެމުން އައީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެން ކަމަށެވެ.

Advertisement

ނަމަވެސް އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެމްއެންޑީއެފްގެ ކޮމްބެޓް އެންޑް މެނުއާ ފޯހެއްގެ ގޮތުގައި އެއާކޯ އުފެދިގެން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ވިސްނުމާ އެއްގޮތަށް ކަމަށާއި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދަކީ 4،000 އަހަރުވީ މިނިވަން ދިވެހިރާއްޖޭގެ ފަހުރުވެރި ތާރީހުގައި ވައިގެ މަގުން ދިވެހިރާއްޖެ ދިފާއު ކުރުމުގައި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމަށާއި މަސްވެރިންނާއި ދަތުރުވެރިންނަށް އެހީތެރިވުމަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއްގައި އެއާކޯ އުފެދިގެންދާ ތާރީހީ ދުވަސް" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީހުގައި، ވަކިން ހާއްސަކޮށް ދިވެހި އަސްކަރީ ތާރީހުގައި ރަން އަކުރުން ބިންގައު ނެގިގެންދާނެ ވަރަށް ހާއްސަ ތާރީހީ ދުވަހަކަށް ކަމަށެވެ.

ރައީސް މުއިއްޒުއަށް ތައުރީފް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އުފެއްދުމުގެ ތަސައްވަރަކީ ސީދާ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.

ގައުމުގެ ދިފާއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި އަސްކަރިއްޔާއަށް ހޯއްދަވާދެއްވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމާއި ސިފައިން ފަސް ޖެހުމެއް ނެތި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox