އައްޑޫގައި ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ނިކަމެތި ހާލަތެއްގައި: މޭޔަރު

އައްޑޫ ސިޓީގެ މަގެއް -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު

އައްޑޫ ސިޓީގެ މަގެއް -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު

އައްޑޫގެ ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ކަރަންޓާ ފެނުގެ ހާލަތާ ގުޅޭގޮތުން މިރޭ "އަދަދު" އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ކަރަންޓުގެ ހާލަތު ގޯސްކަމުން މިހާރު ކަރަންޓު ކަނޑަން ފަށާފައިވާ ކަމަށާއި، ކަރަންޓު ކަނޑަން ފެށުމުން އައްޑޫއިން ފެން ހުސްވާނެ ކަމަށެވެ.

މިހާރު އޮތް ހާލަތުން އައްޑޫއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭތާ ދެ ގަޑިއިރު ތެރޭ ފެނުގެ ރިޒާވް ވެސް އެއްކޮށް ހުސްވެގެންދާނެ ކަމަށާއި، ނަރުދަމާ އޮތް ހާލަތުން ނަޖިސް އެރުން ވެސް ނުހުއްޓުވޭ ކަމަށެވެ.

"އަސްލު ހާލަތު އޮތީ ވަރަށް ގޯސްކޮށް. ފެނަކައިން ދޭ ހުރިހާ ހިދުމަތެއް އޮތީ ގޯސްކޮށް. ގެއަކަށް އަޅާނެ ކޭބަލެއް ނެތް. ނަޖިސް އެބަ އަރާ ރަށު ތެރެއިން. އާދޭސް އެބަ ކުރަން މި ކަންކަން ރަނގަޅު ކޮށްދޭށޭ،" ނިޒާރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން މިކަންކަން ހައްލު ކުރުމަށް ޕްލޭންތަކެއް ހަދައިގެން މަސައްކަތް ކުރި ނަމަވެސް، އެދެވޭ ހައްލުތަކެއް ގެނެވިފައި ނުވާކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ފެނަކައިން ކުންފުނި "ރޭޕް ވެފައިވާ ކަމަށް" ބުނެ އެއްވެސް ކަމެއް ހައްލު ކުރަން އުޅޭތަން ނުފެންނަ ކަމަށެވެ.

ނިޒާރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ފެނަކައާ އަޅައި ދޫކުރެވެން ނެތް ކަމަށާއި، މިއީ ވިޔަފާރި އުސޫލުން ދެވެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، އައްޑޫގެ ރައްޔިތުން ކާރިސާގެ ހާލަތުގައި ދިގު މުއްދަތަކަށް ތިބެން ޖެހިދާނެ ކަމުގެ ބިރުވެސް އެބަ އޮތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު އިއްޔެއިން ފެށިގެން ގޯސްވެފައިވާއިރު، ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ގަޑިއިރަކަށް މިހާރު އަންނަނީ ކަރަންޓު ކަނޑަމުންނެވެ. އަދި ރޯދަ މަހާ މިކަން ދިމާވުމާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް އަންނަނީ ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox