މާދަމައަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފި

ރޯދަ މަހު ބަޔަކު ރޭ އަޅުކަން ކުރަނީ; މާދަމައަކީ ރޯދަ ކަމަށް ކަނޑައަޅައިފި -- ފޮޓޯ އަދަދު

ރޯދަ މަހު ބަޔަކު ރޭ އަޅުކަން ކުރަނީ; މާދަމައަކީ ރޯދަ ކަމަށް ކަނޑައަޅައިފި -- ފޮޓޯ އަދަދު

މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 11, ވާ ހޯމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

މާދަމާ ރޯދަމަސް ފެށޭއިރު މާދަމާ ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުވާނެ އެވެ. ރޯދަ މަހު ފުރަތަމަ 19 ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

އޭގެއިތުރުން، ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން ދަންވަރު 3:00 ޖަހަންދެން ކަމަށާއި ރޯދަ މަހަށްފަހު ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން ދަންވަރު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރަށް, މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަފްތާގައި ފަތިހު 5:30 އިން މެންދަމު 1:30 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެ އެވެ.

ފުލުހުން ކަނޑައަޅާފައިވާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 19 ދުވަހުގެ ހެނދުނު 6:00 އިން 9:30 އާ ހަމައަށް އަދި ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ހަމައަށް އެއްވެސް މުދާ އުފުލާ ބާވަތެއްގެ އުޅަނދެއް ގްރޭޓާ މާލެ ސަަރަހައްދުގައި ދުއްވުން މަނާވާނެ އެވެ.

އަދި ރޯދަ މަހު 20 އިން ފެށިގެން ރޯދަ މަސް ނިމެންދެން މުދަ އުފުލާ އުޅަނދުތައް ދުއްވުން މަނާ ވާނީ ހަމައެކަނި ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox