ކަނދޮޅުދޫ ރޯދަ ކުރުނބާ: ކުރީގެ އާދައެއް، ހުނަރުވެރި ފަންނަކަށް ބަދަލުކޮށްލި ގޮތް

ކަނދޮޅުދޫ ހުސައިން އަލިފުޅުގެ އަތްތެރި ފަންނުން ތައްޔާރުކުރާ ކުރުނބާ: ރަށުގެ ކުރީގެ އާދައެއް ދިރުވަނީ އޭނައަށް ލިބިފައިވާ ފަންނުގެ ހުނަރުން - ފޮޓޯ: މިރާން ނާޝިމް / އަދަދު

ކަނދޮޅުދޫ ހުސައިން އަލިފުޅުގެ އަތްތެރި ފަންނުން ތައްޔާރުކުރާ ކުރުނބާ: ރަށުގެ ކުރީގެ އާދައެއް ދިރުވަނީ އޭނައަށް ލިބިފައިވާ ފަންނުގެ ހުނަރުން - ފޮޓޯ: މިރާން ނާޝިމް / އަދަދު

ރާ އަތޮޅު ކަނދޮޅުދޫ މީހުން، "ރޯދަ ކުރުނބާ" ތައްޔާރު ކުރުމަކީ ބައި ގަރުނު ކުރީގެ ވާހަކަ އެކެވެ. ސުނާމީ ކާރިސާ، 2004، ގައި ކުރިމަތިވެ، އެ ރަށުން މީހުން ފޭބި އިރު ވެސް އެ ރަށުގައި އެ ކަމެއް ނުކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ދުވާފަރުގައި މިހާރު އުޅެމުންދާ އެ ރަށު މީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މި ކަން އެނގި، ބަލައިލުމުގެ ނަސީބު ލިބުނީ ރަށުގެ މި އާދައަށް ލޯބި ޖެހިފައިވާ ފަންނުވެރިއެއްގެ ސަބަބުންނެވެ.

ވަޑާމާއި އަތްތެރި މަސައްކަތަށް ފަރިތަ ހުސައިން އަލިފުޅު، 63، އޭނާއަށް ލިބޭ ހުސް ވަގުތުތަކުގައި ކުރާ ކަމަކީ ކުރުނބަލެއްގެ ތޮށި ވަޅިއަކުން ކޮށައިގެން އެކި މަންޒަރު، އެކި ފަރުމާ ހެދުމެވެ. މީހެއް، ނޫނީ މަލާއި ފަތާއި ގަހާއި ކޮކާ ފަދަ އެއްޗެހީގެ ކުރެހުންތައް ފެންނަ ގޮތަށް، ވަޅިން ކޮށާފައި ކުރުނބާ ފަރުމާކޮށްލަ އެވެ.

ވަރަށް ވެސް ރީތި އަދި ސީދާސާދާ ގޮތަކަށް މުޅި ކުރުނބާ ހުސައިނުގެ އަތްތެރި ފަންނުން ތައްޔާރުކޮށްދޭ އެއްޗެއް ގޮތަށް މިއަދު ފެނުނަސް މުޅި ވާހަކައަކީ އަދި އެހެން ކަމެކެވެ. މުޅީން އެހެން ބޭނުމެއްގެ ކަމެކެވެ.

"ކުރިން މިހެނެއް ނޫން މި ތައްޔާރު ކުރާނީއެއް، މި ވިސްނުމެއްގައި، މި ބުނީ ފަންނީ ކަމެއްގެ ވިސްނުމެއްގައި ބަޔަކު ކުރި ކަމެއް ވެސް ނޫން. ރޯދަ މަހު ރޯދަ ކުރު ކުރާން ރަށު ފިރިހެނުން ކޮށް އުޅުނު ކަމެއް. ރޯދަ ވީއްލާނީ ވެސް އެއިން، އެހެންވެ ރޯދަ ކުރުނބާއޭ މި ކިޔަނީ ވެސް،" ހުސައިން ކިޔައިދިނެވެ.

ހުސައިން އަލިފުޅު ކުރުނބާއެއްގެ ތޮށި ކޮށާފައި މަލެއްގެ ފަރުމާއެއް ހަދަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
ހުސައިން އަލިފުޅު ކުރުނބާއެއްގެ ތޮށި ކޮށާފައި މަލެއްގެ ފަރުމާއެއް ހަދަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ހުސައިން އަލިފުޅު ކުރުނބާއެއްގެ ތޮށި ކޮށާފައި މަލެއްގެ ފަރުމާއެއް ހަދަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

އެ ޒަމާނުގައި، ރަށްރަށުގައި ރޯދަ ކުރު ކުރަން މެންދުރުފަހުން ފެށިގެން ދޮންވެލިފުނި އަޅާފައި "އަންބަލަން" ކިޔާ ތަނެއް އަޅަ އެވެ. ގޭގޭގެ ކުރިމަތީގައި ނޫނީ ގޭގޭ ދޮށުގައި އަޅާ އެ ވެލިގަނޑަށް އަވަށު އެންމެން އެއްވެ، އެކި ކުޅިވަރު ކުޅުން އޮންނާނެ އެވެ. ފަސްއޮށްކުޅުމާއި އޮށްވަޅުގޮނޑި ފަދަ ކުޅިވަރެވެ.

އަސުރަށް ފަހު ކަނދޮޅުދޫ ފިރިހެނުން ކުރާ ކަމަކީ، އަންބަލަން ތަނުގައި ތިބެގެން، މި "ރޯދަ ކުރުނބާ" ތައްޔާރު ކުރުމެވެ. ރޯދަ ކުރު ކުރުމުގެ ބޭނުމުގަ އެވެ. އޭރު ކުރުނބާ ހުންނަ ގޮތް ވެސް ތަފާތެވެ. އޭރު ކުރަނީ ވަރަށް އާދައިގެ ފަރުމާއެކެވެ. އެކަމަކު އޭރާ ބަލާފައި، އަދި އެންމެން ކުރާ ކަމަކާ ބަލާފައި ވަރަށް ރީއްޗެވެ.

"ގޭގޭގެ ދޮށުގައި އެ ވެލިފުނި މި ހުންނަނީ، އެ އަވަށެއްގެ އެންމެން ކުޅިވަރު ކުޅެން ތިބޭ ތަނެއް އެ ތަނަކީ، ދެން އަސުރަށް ފަހު އަންހެންވެރީން ކައްކަން ގޮސް އުޅޭ ވަގުތު، ރޯދަ ކުރު ކުރަން ފިރިހެންވެރީން ފަށަނީ މި ބުނާ ކުރުނބާ ހަދަން،" އޭނާ ބުންޏެވެ.

މީގެ ކުރީގައި ކަނދޮޅުދޫ މީހުން "ރޯދަ ކުރުނބާ" ތައްޔާރުކުރާ ގޮތަށް ހުސައިން ހަދާފައި - ފޮޓޯ: ހުސައިން
މީގެ ކުރީގައި ކަނދޮޅުދޫ މީހުން "ރޯދަ ކުރުނބާ" ތައްޔާރުކުރާ ގޮތަށް ހުސައިން ހަދާފައި - ފޮޓޯ: ހުސައިން

މީގެ ކުރީގައި ކަނދޮޅުދޫ މީހުން "ރޯދަ ކުރުނބާ" ތައްޔާރުކުރާ ގޮތަށް ހުސައިން ހަދާފައި - ފޮޓޯ: ހުސައިން

މި ޖީލާ ހަމައިން، ރޯދަ ކުރު ކުރުމުގެ ރަށު އާދައެއް ބަދަލުވީ އެންމެ މީހެއްގެ ފަންނަކަށެވެ.

އެކަމަކު، ހުސައިންގެ އުމުރުން އެންމެ ހަތް އަހަރުގައި ކަނދޮޅުދޫން ފެށިގެން ހުއްޓިފައި އޮތް ކަމެއް މިއަދު އޭނާ މުޅިން ތަފާތު ފެންވަރެއްގައި ދައްކައިދޭ ގޮތަށް ކުރަމުން ދިޔުން ވެސް އެއީ އަޖައިބެއް ނޫން ހެއްޔެވެ؟

އެ ވާހަކަ ވެސް ހުސައިން ކިޔައިދިނެވެ؛

ހަގީގަތަކީ، ކަނދޮޅުދޫގެ ހަނދާންތައް އޭނާއާ މުޅިން ދުރަކަށް ނުދެ އެވެ. ރަށު މީހުން ކޮށް އުޅުނު މިފަދަ ކަންކަމަކީ އޭނާއަށް ފަހުރެކެވެ. ރަށާ ދުރުގައި ހުރި ދުވަސްވަރު، އެހެން މުޖުތަމައުތައް ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން ވެސް، އެއީ ކިހާ ފަންނީ އަގު ހުރި ކަމެއް ކަން އޭނާއަށް އިހުސާސްވި އެވެ.

ފަންނުވެރިކަމަށާއި ރަށަށް ވެސް އޮތް ލޯބިން، ކުރުނބާ ތައްޔާރު ކުރުމަކާ އޭނާއަކަށް ދުރަކަށް ނުދެވުނެވެ.

"ގިނައިން އުޅުނީ މާލޭގަ، އުޅެ ބޮޑުވީ ވެސް މާލޭގަ. ވަރަށް ގިނަ ކަންކަން ދަސްކޮށްގެން [ފަންނީ މަސައްކަތްތައް] ކުރިން. އޭރު ވަރަށް ގިނައިން ރިސޯޓުތަކަށް ވެސް ގޮސް އުޅުނު، ދެން އޭރުން ފެށިގެން އެކި އެއްޗެހި އެބަ ހަދަން، އެއިން ވެސް ދެން މި ކުރުނބާ ކޮޅުވީ އަޅުގަނޑުގެ އެއްޗަކަށް،" ހުސައިން ބުންޏެވެ.

ހުސައިން، މަލުގެ ކުރެހުމެއްގެ ފަރުމާއަކަށް ކުރުނބާގެ ތޮށިގަނޑު ކޮށާފައި - ފޮޓޯ: މިރާން ނާޝިމް / އަދަދު
ހުސައިން، މަލުގެ ކުރެހުމެއްގެ ފަރުމާއަކަށް ކުރުނބާގެ ތޮށިގަނޑު ކޮށާފައި - ފޮޓޯ: މިރާން ނާޝިމް / އަދަދު

ހުސައިން، މަލުގެ ކުރެހުމެއްގެ ފަރުމާއަކަށް ކުރުނބާގެ ތޮށިގަނޑު ކޮށާފައި - ފޮޓޯ: މިރާން ނާޝިމް / އަދަދު

ހުސައިންގެ ފުރާވަރުގެ އުމުރުފުރާއަށް އެރި އިރު ކަނދޮޅުދޫގައި ވެސް އެ ކަމެއް ނުކުރެ އެވެ. އުމުރުން 25 އަހަރުވީ ފަހުން ކަނދޮޅުދޫއަށް ދިރިއުޅުން ބަދަލު ކުރި އިރު ވެސް އެ ރަށުގައި އެ ކަމެއް ނެތެވެ. މި ފަހުން ދުވާފަރަށް 2008، ގައި ބަދަލުވި ފަހުން އެ ކަން ކުރާ ހިތް ޖެހުނީ އެވެ.

މިހާރު 5،000 އެއްހާ މީހުންގެ ވަޒަނަކަށް އޮތް ދުވާފަރަށް ވެރީން އަންނަ ވަރު ވެސް ގިނަ އެވެ. ރަށަށް އަންނަ ދައުލަތުގެ އިއްޒަތްތެރީންނަށް ކޮންމެ ވެސް ފަންނީ މަސައްކަތެއް، އެ ރަށުގެ ފަންނުވެރިން ދައްކަން ބޭނުންވެ އެވެ. ރަށުގެ އާންމުން، މި ފަންނުވެރީންގެ ކިބައިން އެ ކަމަށް އެދޭ އެދުން ވެސް އެބަ އޮތެވެ.

ދުވާފަރަށް ދިރިއުޅުން ބަދަލުވި ފަހުން އަދި ކުރުނބާ ހެދުން މުޅީން މާޒީވެފައި ވަނިކޮށް، ހުސައިނަށް ކުރުނބާ ހަދަން ވިސްނަން ޖެހުނު އަނެއް ސަބަބަކީ މިއީ އެވެ.

"މުނާސަބަތުތަކުގަ، މިސާލަކަށް ރައީސް ވަޑައިގަންނަވާ އިރު، މިނިސްޓަރުން، މުއައްސަސާއެއްގެ އިސް ބަޔަކު އަންނަނީ، އެބަ ޖެހޭ ކަންތައްތަކެއް ކުރަން، ދެން އެ ދުވަސްވަރެއްގަ އެ ރަށެއްގަ ތިބޭ މަސައްކަތްތެރި މީހުން ކަމެއް ކުރަން މި ޖެހެނީ ދޯ، އަޅުގަނޑާ ޖެހުނީމަ، ކުރުނބާ ހަދަން ފެށީ،" ހުސައިން ބުންޏެވެ.

ފަންނީ މަސައްކަތަކީ ވެސް ޒަމާނާއެކު ބަދަލުވާ ކަމެކެވެ. މިހާރުގެ ގިނަ ޒުވާނުންނަށް، ކުރިން ކަނދޮޅުދޫ މީހުން ކުރުނބާ ހަދާ ގޮތަކީ މާ ޝައުގުވެރި ގޮތެއް ހުންނާނެ ކަމެއް ވެސް ނޫނެވެ. ހުސައިން އަލިފުޅު މިއަދު އެކި ފަރުމާތަަކަށް ކުރުނބާ ތައްޔާރުކުރަން ފެށީ، އެ ފިކުރުގެ ތެރޭގަ އެވެ.

"އަހަރެންނަކީ ވަރަށް ދަސްކުރާ ހިތްވާ މީހެއް، ފަރިތަކުރާ ހިތްވާ މީހެއް، ދެން މި ޒަމާނުގެ ކުދިން ބަލައިގަންނަ ގޮތަކަށް، އެކި ވައްތަރަށް ކުރުނބާ ހަދަން ފެށީ، ފަހުގެ ކުދިން ބަލައިގަންނަނީ ވެސް، އަހަރެންނަށް ވެސް ހިތްހަމަ ޖެހުމަކަށްވީ، އެކި ފަރުމާ ކުރުނބާގައި ސިފަކޮށްދޭން،" އޭނާ ބުންޏެވެ.

ރަށުގެ އުޅޭ ކުޑަކުދިންނާއި ޒުވާން ކުދިންގެ އިތުރުން ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ދައްކައިލަން ހުސައިން ކުރުނބާ ފަރުމާ ކުރެ އެވެ. ރަށުގައި ފާހަގަކޮށްލެވޭ ފަންނުވެރިއެއް ހުރިތޯ އަހައިލުމުން، އެންމެން ވެސް އޭނާގެ ނަން ފާހަގަ ކުރެ އެވެ. އެކަމަކު ހުސައިން މި ކަން ކުރަނީ އެއްވެސް އަގަކަށް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox