ބިރުދެއްކުމާއި ސީއީއޯގެ ނުފޫޒުން މިފްކޯ ހިންގާކަމުގެ ސީރިއަސް ތުހުމަތުތަކެއް

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު : އުސޫލުތައް މުގުރާލާ މިފްކޯގެ ސީއީއޯ ކުންފުނި ހިންގަން އުޅޭކަމުގެ ތުހުމަތުތަކެއް ޕީސީބީން ކޮށްފި -

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު : އުސޫލުތައް މުގުރާލާ މިފްކޯގެ ސީއީއޯ ކުންފުނި ހިންގަން އުޅޭކަމުގެ ތުހުމަތުތަކެއް ޕީސީބީން ކޮށްފި -

ޒާތީ މަސްލަހަތު އިސްކޮށް، ހަރަދުތަކަށް ނުބަލައި އަދި މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ކުރުމުން، އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް ޕްރައިވެޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑުން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އަންގައިފި އެވެ.

ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވާ މިފްކޯގެ ސީއީއޯއަށް ފޮނުވި ސިޓީގައި ރިއާޔަތް ކޮށްފައިވަނީ މިފްކޯގެ ވިސިލްބްލޯވާ ސިސްޓަމް މެދުވެރިކޮށް ލިބިފައިވާ ތުހުމަތުތަކަށެވެ. މައިގަނޑު 12 ތުހުމަތެއް ފާހަގަކޮށްފައިވާއިރު މީގެ ތެރޭގައި ވަރަށް ސީރިއަސް ކަންކަން ހިމެނެ އެވެ.

އެގޮތުން އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުން ހިމެނެ އެވެ.

ޕީސީބީގެ ރައީސް ހަމްދީ އަގީލް ވިދާޅުވީ އެތަނުން ފޮނުވާ ސިޓީއަކާމެދު އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

މިފްކޯގެ ސީއީއޯއަށް ކޮށްފައިވާ ތުހުމަތުތައް

  1. ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުން
  2. ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  3. ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި، ރަށްޓެހިންނަށް ބަޖެޓު ހަމަޖެހިފައި ނުވަނީސް ވަޒީފާދިނުން
  4. ބެސްޓް ޕްރެކްޓިސް އާއި ގަވަނަންސް އުސޫލުތަކާއި ހިލާފަށް ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އާއްމުކޮށް އިއުލާން ކުރުމަކާއި ނުލާ މުވައްޒަފުން ނެގުމާއި، އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  5. ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  6. އުސޫލުތަކާއި ހިލާފަށް އެކަށީގެންވާ ތައުލީމާއި، ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  7. ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސް އާ ހިލާފަށް ކަމާއި ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން އަދި އެފަދަ ދަތުރުތަކުގައި ބޭކާރު، ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި އަދި ހަރަދު ކުޑަކުރުމަށް އިސްކަންދިނުން
  8. ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާއި ހިލާފަށް ގާތްމީހުން އެކޮމިޓީއަށް ލުން
  9. ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ޕްރޮސީޖާ އާ ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން އަދި ކުންފުނީގެ ވަސީލަތްތަކަށް އެކްސެސް ވެވުން.
  10. ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  11. ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލާ ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި، އަދި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރމާއި މަސައްކަތާއި ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން
  12. ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި، އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން

ޕީސީބީއިން މިފްކޯގެ ސީއީއޯއަށް އެ ސިޓީ ފޮނުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިފްކޯއިން ހަދިޔާދީ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި އެ ކުންފުނީގެ އޮފިޝަލުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައިވަނިކޮށެވެ.

އެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ މިފްކޯއަށް ޒިޔާރަތްކުރައްވާ އިތްޒަތްތެެރިންނަށް ހަދިޔާ ދޭ އާންމު އުސޫލުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox