ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ޝާއިއުކުރާ މިންވަރު ވަރަށް ދަށް ކަމަށް އައިކޮމް އިން ބުނެފި

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު: އެ ކޮމިޝަނުން ބުނީ ސަރުކާރުގެ ހުރިހާ އިދާރާތަކުން ހާމަކޮށްފައި ހުރީ ގާނޫނު ލާޒިމްކުރާ މިންވަރުގެ ފަސްބައިކުޅަ އެއްބައި މައުލޫމާތުކަމަށް -- ފޮޓޯ: އައިކޮމް

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު: އެ ކޮމިޝަނުން ބުނީ ސަރުކާރުގެ ހުރިހާ އިދާރާތަކުން ހާމަކޮށްފައި ހުރީ ގާނޫނު ލާޒިމްކުރާ މިންވަރުގެ ފަސްބައިކުޅަ އެއްބައި މައުލޫމާތުކަމަށް -- ފޮޓޯ: އައިކޮމް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގުގެ ގާނޫގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ޝާއިޢުކުރާ މައުލޫމާތުގެ މިންވަރު ވަރަށް ދަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފި އެވެ.

އައިކޮމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުބުމެއްގައި އެ އިދާރާއިން ބުނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރާ ދެމެދު ކުރި ދިރާސާއެއްގެ ދަށުން ދައުލަތުގެ 935 އިދާރާއެއް ބެލިއިރު ގާނޫނުން ލާޒިމްކުރާ ހުރިހާ މާއްދާއެއް ޝާއިއުކުރީ އެންމެ ހަތް އިދާރާއިން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ސިޓީ ކައުންސިލަކާއި، ހަތަރު މިނިވަން މުއައްސަސާއެއްގެ އިތުރުން ޑްރަގު ކޯޓު ކަމަށް އައިކޮމް އިން ބުނެފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، މި ދިރާސާއިން ވެސް ފާހަގަވި މައިގަނޑު އެއް ކަމަކީ ގާނޫނުން މައުލޫމާތު ހާމަކުރުން ލާޒިމުކުރި ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ޕްރެކްޓިސް އިދާރާތަކުގައި ނެތުމުން ހާމަކުރުމުގެ ސަގާފަތައް ހޭނުމަށް ދަތިތަކެއް ހުރިކަން ކަމަށެވެ.

"ވަރަށް ބޮޑަށް ސިއްރިއްޔާތުގެ ސަގާފަތަކުން ހާމަކުރުމުގެ ސަގާފަތަކަށް ބަދާލުވާން މި ޖެހެނީ، އެހެންވީމަ މީގަ މައުލޫމާތު ހާމަނުކުރަނީ ކޮންމެހެން އިދާރާގެ އިސްވެރިން އަންގައިގެން ކަމަށް ނިންމާތީއެކޭ، ނުވަތަ ސިވިލް ސާވިސްގެ ތެރޭގަ އަހައްމިއްޔަތުކަން ނުދީގެންނެކޭ ސީދާ ބުނެވޭކަން ނެތް،" އާހިދު ވިދާޅުވި އެވެ.

އައިކޮމްގެ ދިރާސާއިން ހޯދި ހޯދުންތަކުން ދައުލަތުގެ ހުރިހާ ވުޒާރާއެއްގައިވެސް ވެބްސައިޓެއް ހުރި ނަމަވެސް އެ ވުޒާރާތަކުގެ ދަށުން ހިންގާ 53 އިދާރާގެ ތެރެއިން ވެބްސައިޓު ހުރީ 40 އިދާރާގައި ކަމަށެވެ.

އޭގެ އިތުރުން ޝަރުއީ ދާއިރާގެ ހުރިހާ އިދާރާއެއްގައި ވެބްސައިޓް ހުރި ނަމަވެސް ގާނޫނު ލާޒިމްކުރާ މިންވަރަށް މައުލޫމާތު ހާމަކޮށްފައި ވަނީ ޑްރަގް ކޯޓުން އެކަނި ކަމަށް ބުނެފައި ވެއެވެ.

"މީގެއިތުރުން މައުލޫމާތު ޝާއިޢުކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތް ކަމަށްވާ، ވެބްސައިޓު ހުރީ 494 އިދާރާއެއްގަ، އެހެންކަމުން މޮނީޓާ ކުރި %47 އިދާރާގަ ވެބްސައިޓެއް ނެތްކަން ފާހަގަކުރެވިފައިވޭ، ވެބްސައިޓު އެންމެ މަދުން ހުރި ދާއިރާގެ ގޮތުގައި ފާހަގަވެފައިވަނީ ސިއްހީ ހިދުމަތް ދޭ ދައުލަޔުގެ އިދާރާތައް" އައިކޮމް އިން ދިން މައުލޫމާތުގައި ބުންޏެވެ.

ހުރިހާ ދާއިރާއަކާ އަޅައި ބަލާއިރު މިނިވަން މުވައްސަސާތަކުގެ ވެބްސައިޓްތައް ރަނގަޅުކަން ފާހަގަކޮށް އައިކޮމްގެ ބަޔާނުގައި ބުނީ، ހުރިހާ މިނިވަން މުވައްސަސާއެއްގެ ތެރެއިން ހަތަރު ތަނަކުން ގާނޫނު ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވާކަމަށެވެ.

ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް މޮނިޓާކުރި އިރު، މައުލޫމާތު ހާމަކޮށްފައި ވަނީ އެވްރެޖްކޮށް 21% ކަމަށް އައިކޮމްއިން ބުނެ އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 22 ހޮސްޕިޓަލެއް ހުރި އިރު ވެބްސައިޓެއް ގާއިމްކޮށްފައި ވަނީ އެންމެ ނުވަ ހޮސްޕިޓަލުގައި ކަމަށް އައިކޮމް އިން ބުނެ އެވެ. މި ތަންތަނުން މައުލޫމާތު އާންމުކޮށްފައި ވަނީ ގާނޫނު ލާޒިމްކުރާ މިންގަނޑުގެ 11 ޕަސެންޓަށެވެ. އަދި 164 ސިއްހީ މަރުކަޒެއްގައި ހިދުމަތް ދެމުން އަންނަ އިރު އެއިން އެއްވެސް ތަނެއްގައި ވެބްސައިޓެއް ނެތް ކަމަށް އައިކޮމް އިން ބުނެ އެވެ.

ތައުލީމީ ހިދުމަތްދޭ ތަންތަނުން ވެސް މައުލޫމާތު އާންމުކުރާ މިންވަރު މަދުކަމަށް އައިކޮމް އިން ބުނެ އެވެ. އަމިއްލަ އިސްނެގުމުން ހާމަކުރަން ޖެހޭ 25 ބައެއްގެ ތެރެއިން ނުވަ ބައެއް ތައުލީމީ ހިދުމަތްދޭ އެއްވެސް ތަނަކުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox