ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން ކަނޑައަޅައިފި

Feb 29, 2024, 4:57 PM
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިރޭ ކަނޑައަޅައިފި އެވެ.

އެ ކޮމިޝަނުން މި ތާރީހު ކަނޑަ އެޅީ ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި ބަދަލުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރެއްވުމުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ މާޗު 17 އެވެ.

އާ ތާރީހާއެކު ވޯޓާސް ލިސްޓާއި ރީރެޖިސްޓްރޭޝަން އާއި އިދާރީ ބައެއް ކަންކަން އަލުން ކުރަން ޖެހޭނެ އެވެ. އެފަދަ ކަންކަމަށް ކަނޑައަޅާ ތާރީހުތައް އިއުލާނު ކުރާނެ އެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން، އަދި ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުންނެވެ.

އެއްވެސް ޕާޓީއަކުން 93 ދާއިރާއަށް ކެންޑިޑޭޓުން ނެރެފައެއް ނެތެވެ. 90 ދާއިރާއަކާއެކު އެންމެ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ޓިކެޓުގައި ނެރެފައި ވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަނީ 89 ކެންޑިޑޭޓުންނެވެ.

ރޯދަ މަހު އިންތިހާބު ނުބާއްވާ ގޮތަށް ފުރަތަމަ ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވި ނަމަވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ބިލް އިއްޔެ ފާސްކުރި އެވެ.

އެ ގޮތަށް ބިލެއް ފާސްކުރުމުން ތަސްދީގުކުރަން މަޖުބޫރުވެ އެވެ. ނަމަވެސް، ބިލް ތަސްދީގުކުރުން ލަސްކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ބިލް ތަސްދީގު ކުރެއްވުމާމެދު ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވާ ކަމަށެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވީ އޭނާ ލަފާ ދެއްވުމުގައިބައްލަވާނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރައިރުންނުވާނެ ގޮތަކަށް ކަމަށެވެ.

އިޝާރާތް އެ ކުރެއްވީ ދެ ވަނަ ފަހަރަށް ފާސްކުރާ ބިލެއް ތަސްދީގު ކުރަން ލާޒިމްވާ ގޮތަށް ގާނޫނު އަސާސީގައި އޮތުމުން، އެފަދަ ހާލަތެއްގައި ތަސްދީގު ނުކުރައްވައިފި ނަމަ އުފެދޭނެ މައްސަލަތަކަށެވެ،

ބަންޑާރަ ނައިބުގެ ލަފައަށް ފަހު ބިލް ތަސްދީގު ކުރެއްވިކަން ރައީސް އޮފީހުން އިއުލާނު ކުރެއްވީ މިރޭ އިރައިކޮޅު އެވެ.

އެ ބިލް ތަސްދީގު ކުރުން ލަސްކުރެއްވުމުން ސިޔާސީ ޕާޓީތަކާއި ގާނޫނީ ވަކީލުން ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މަނިކުފާނު ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުކުރުން ލަސްކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ ހުކުމެއް ވެސް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox