ވިލާ ކޮލެޖުން މެއި އިންޓޭކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ 2024 ގެ މެއި އިންޓޭކަށް ފުރުސަތު ހުޅުވާލުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ 2024 ގެ މެއި އިންޓޭކަށް ފުރުސަތު ހުޅުވާލުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ މި އަހަރުގެ މެއި މަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނީ ފުރުސަތު ހުޅުވާލާފައި ވަނީ އެކި ދާއިރާތަކުން އޮންލައިން އަދި ފޭސް ޓު ފޭސްކޮށް ކިޔެވުމަށް، ޖުމްލަ 150 ކޯހެއް ކަމަށެވެ.

މެއި އިންޓޭކްގައި މާސްޓާސް ފެންވަރު 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރު 26 ކޯހަކާއި، ޑިގްރީ ފެންވަރު 45 ކޯހެއް ފަށާނެ ކަމަށް ވިލާއިން ބުނެ އެވެ.

"ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި، ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯސް ފަށާނެ" ވިލާއިން ބުނެ އެވެ.

ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އަދި ޓެއިލާސް ޔުނިވާސިޓީގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.

މެއި އިންޓޭކުގައި ހިމެނޭ ކޯސްތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ކޮމްޕިއުޓާ ސައިންސް
  • ޓީޗިން (އިސްލާމް، ގުރުއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް އަދި ސައިންސް ސަބްޖެކްޓްސް)
  • އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ
  • ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް
  • އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް
  • ބޭންކިންއެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް
  • އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް) ރިސާރޗް، ނަރސިން
  • ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން
  • ހެލްތް ސާވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް
  • ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ދާއިރާ

މި ފަހަރު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ގައުމީ ސެޓްފިކެޓް ހަތަރެއްގެ އެއް ކޯހަކާއި ސެޓްފިކެޓް ތިނެއްގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ނޭޝަނަލް ސެޓްފިކެޓް 3 ކޯސްތަކުގެ ތެރޭގައި ހައުސްކީޕިން ރިޒަރވޭޝަން އެންޑް ޓިކެޓިން، ވޯޓާ ސްޕޯޓްސް، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިންގް، ލައިފްގާޑިންގް، މެނޭޖްމަންޓް، އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިން، ޓުއާ ގައިޑިން، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ. އަދި ގައުމީ ސެޓްފިކެޓް 4 ގައި ހިމެނެނީ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އޭޕްރިލް 20، ވާ ހޮނިހިރު ދުވަހެވެ. އަދި ކޯސްތަކުގެ ކިޔެވުން މެއި މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެ އެވެ.

މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.

މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއައިން ޕޯރޓްސްމޯތް ޔުނިވާރސީޓީ އިން ކިޔަވަން ބޭނުންވާ ދަރިވަރުން އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ކިޔެވުމަށް ބައިވެރިވެވޭނެއެވެ.

ވިލާ ކޮލެޖް އަކީ ދިވެހި ރާއްޖޭގައި ހުރި ހަމައެކަނި އޭސީސީއޭ ގޯލްޑް ސްޓޭޓަސް ޓިއުޝަން ޕްރޮވައިޑާ އެވެ. އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖޫން އިންޓޭކަށް ވަނީ ހުޅުވާލާފައެވެ. އަދި ސަޓިފައިޑް އެކައުންޓިން ޓެކްނިޝަންގެ (ކެޓް) ލެވެލް 2،1 އަދި 3 ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީމާ) ގެ ސެޓްފިކެޓް ލެވެލް، އޮޕްރޭޝަންސް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓިޖިކް ލެވެލް ގެ ކޯހެއްވެސް ވިލާ ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މިއިން ކޮންމެ ކޯހަކީ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެކެވެ.

ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން ވިލާ ކޮލެޖުގެ ގިނަ ކޯސްތައް އޮންލައިން ކޮން ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ކޯސްތަކުގެ ތެރޭގައި މާސްޓާ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އަދި މާސްޓާ އޮފް ރިސާރޗް ސްޓަޑީޒް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތްލީ އިންސްޓޯލްމަންޓަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް އެ ސްކީމްގެ ތެރެއިން ކިޔެވޭނެ އެވެ.

ވިލާ ކޮލެޖުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭއިރު، އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމުގެ ޖަވާބު ލިބެ އެވެ.

ވިލާ ކޮލެޖުން މެއި 2024 ގައި ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް އޮފާ ކުރެވޭ މޮޑާލިޓީސްތައް ހިމެނޭ ލިސްޓެއް މި ޕްރެސް ރިލީޒް އާއިއެކު އެޓޭޗް ކުރެވިފައިއެވަނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox