ހުލާސާކޮށް އިއްޔެ: ސިފައިންގެ ފުލުހުންގެ މުސާރަ ބޮޑުކުރަން 600 މިލިއަން ބޭނުންވޭ!

ހުލާސާކޮށް އިއްޔެ: ސިފައިންގެ ފުލުހުންގެ މުސާރަ ބޮޑުކުރަން 600 މިލިއަން ބޭނުންވޭ!

ދައުލަތުގެ މާލީ ހާލަތު ގޯސްވެ ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"އަހާ"ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ރައީސް މުއިއްޒުގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ މާޗު މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާނެ ކަމަށެވެ. ނަމަވެސް ފަހުން އެކަމުގެ ތަފްސީލުގައި އެ މަނިކުފާނު ވިދާޅުވީ ބޮޑުކުރާނީ ފުރަތަމަ އަހަރު 35 ޕަސެންޓު، ދެވަނަ އަހަރު 25 ޕަސެންޓު އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު ކަމަށެވެ.

މި ނިސްބަތްތަކުން މުސާރަ ބޮޑުކުރާއިރު ޖުމުލަ ހަރަދަށް އިތުރު ވަނީ ކިހާ ވަރެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

"އަދަދު" ނޫހުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި މިހާރު ކަނޑައަޅާފައިވާ ނިސްބަތުން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން އަހަރަކަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެގޮތުން މި އަހަރުގެ ބާކީ މިއޮތް 10 މަސް ދުވަހަށް ވެސް އިތުރު 400 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ އެވެ.

ސިފައިންނާއި ފުލުހުންނަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ އެވެ.

ސިފައިންނަށް އަދި ފުލުހުންގެ މުސާރަ އާއި އަލަވަންސްގެ ގޮތުގައި އަހަރަކު އެއް ބިލިއަން ރުފިޔާ ހަރަދުވެ އެވެ.

2023 ގައި ސިފައިންގެ މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

  • މުސާރަ އާއި އުޖޫރު - 370.2 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 605.8 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 25.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1 ބިލިއަން ރުފިޔާ

2023 ގައި ފުލުހުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

  • މުސާރަ އާއި އުޖޫރަ - 510.9 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 731.7 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 33.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1.2 ބިލިއަން ރުފިޔާ

ސިފައިންނާއި ފުލުހުންނަށް މުސާރަ ބޮޑުކުރާއިރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި މި މަހުގެ 22 ވަނަ ދުވަހު ނެރުއްވި މާލިއްޔަތާބެހޭ ސާކިއުލާގައި ވަނީ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރުމަށް އަންގަވައިފަ އެވެ.

އޭގެތެރޭގައި އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން، ދޭން ފަށާފައި ނުވާ އާ އެލަވަންސެއް އަހަރުގެ ތެރޭގައި ދޭން ނުފެށުން، ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް, ރޭންކަށް, މުސާރަ އަދި އިނާޔަތަށް ބަދަލު ނުގެނައުން، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެންް ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން ހިމެނެ އެވެ.

ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދުމަށާއި ރާއްޖެ ތެރޭގައި ކުރާ ވައިގެ އަދި ކަނޑު ދަތުރުތަކުގެ ތެރެއިން 35,000ރ. އަށްވުރެ އިތުރު ދަތުރުތަކަށް ވެސް އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox