ވިލާ ކޮލެޖުން މި އަހަރު ދޫކުރާ ރިސާޗު ގްރާންޓު އިފުތިތާހުކޮށްފި

ވިލާ ކޮލެޖުގެ ރިސާޗު ގްރާންޓު އިފްތިތާހު ކުރުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ރިސާޗު ގްރާންޓު އިފްތިތާހު ކުރުން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން މި އަހަރު ދޫކުރާ ރިސާޗު ގްރާންޓު އިފްތިތާހުކޮށްފި އެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ގްރާންޓް އިފްތިތާހުކޮށްދެއްވީ އެ ކޮލެޖުގެ ރިސާޗް އެންޑް އިނޮވޭޝަން، ޑެޕިޔުޓީ ވައިސް ރެކްޓަރު ޑރ. މުހައްމަދު އާދިލް އެވެ.

ވިލާ ކޮލެޖުން ބުނީ މިއީ އެ ކޮލެޖުގެ މުވައްޒަފުން ރިސާޗު ކުރުމަށްޓަކައި ފަސް ލައްކަ ރުފިޔާއާ ހަމައަށް ދޫކުރާ ގްރާންޓެއް ކަމަށާއި މި ގްރާންޓަކީ ވިލާ ކޮލެޖާއިގެ ފުލްޓައިމް ސްޓާފުންނަށް ހާއްސަކޮށް ހުޅުވާލެވޭ ފުރުސަތެއް ކަމަށެވެ.

ނަމަވެސް ޖޮއިންޓް އެޕްލިކޭޝަންތަކަށް ވަރަށް ބޮޑަށް ހިތްވަރުދީ، ވިޒިޓިންގް ސްކޮލަރުންނާއި، ލޯކަލް އަދި އިންޓަނޭޝަނަލް ޔުނިވާސިޓީ ނުވަތަ އިންސްޓިޓިއުޝަންތަކާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ސިވިކް ސޮސައިޓީ އަދި އެހެނިހެން ފަރާތްތައް ހިމެނޭ ކޮލަބަރޭޓިވް ގްރާންޓް ޕްރޮޕޯސަލްސް ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުނެ އެވެ.

"ކިތަންމެ ކުޑަ ރިސާޗަކަށް ވިއަސް ހަރަދުތަކެއް ކުރަން ޖެހޭ، ރިސާޗު ގްރާންޓު ސްކީމު އިފްތިތާހު ކުރީ މި ކަންކަމަށް ފަސޭހަކޮށް ދިނުމަށް،" ޑރ. އާދިލް ވިދާޅުވިއެވެ.

ވިލާ ކޮލެޖުން މި އަހަރު ދޫކުރާ ރިސާޗު ގްރާންޓު އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖުން މި އަހަރު ދޫކުރާ ރިސާޗު ގްރާންޓު އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ވިލާ ކޮލެޖުން މި އަހަރު ދޫކުރާ ރިސާޗު ގްރާންޓު އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު

ރިސާޗު ގްރާންޓުގެ މަގުސަދަކީ ވިލާ ކޮލެޖުގެ ދިރާސާގެ ގާބިލްކަން އިތުރުކުރުމަށްކަން ފާހަގަކޮށް އެ ކޮލެޖުން ބުނީ، ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތަށް ހަގީގީ ދުނިޔޭގެ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތަކަށް އެހީތެރިވާނެ ކަމަށެވެ.

ރިސާޗު ގްރާންޓްއަށް އެދޭ ފަރާތްތަކުން އެމީހުންގެ ދިރާސާގެ މުހިންމުކަމާއި، އަމާޒުކޮށްފައިވާ އެސްޑީޖީތަކާއި ގުޅުންހުރި ކަންކަން ބަޔާންކޮށް ފުރިހަމަ ޕްރޮޕޯސަލް ހުށަހެޅުމަށް ވިލާ ކޮލެޖުން ވަނީ އެދިފަ އެވެ.

ރިސާޗުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އެޕްރިލް 30، ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އޭގެ ކުރިން ރިސާޗަށް ޕްރޮޕޯޒަލް ހުށަހެޅުމާ ގުޅޭ ގޮތުން ސްޓާފުންނަށް އެޕްރިލް މަހުގެ ފުރަތަމަ ހަފްތާގައި ސެޝަނެއް ކުރިޔަށް ގެންދާނެ ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ.

ވިލާ ކޮލެޖުން ބުނީ، ގްރާންޓްތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ އިވަލުއޭޝަންތަކެއް ހެދުމަށްފަހު ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތުތައް ކުރިޔަށް އޮތް ދުވަސްތަކުގައި ސްޓާފުންނަށް ކިޔައިދޭނެ ކަމަށެވެ.

ވިލާ ކޮލެޖުން އަންނަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިއެރުން ގެނެސްދޭ މިފަދަ ގިނަ ކަންތައްތަކެއް އިންތިޒާމުކޮށްގެން ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox