އެމްއެންޑީއެފް ކޯސްޓުގާޑާއި ގުޅިގެން އަސްކަރީ ހަރަކާތެއް ހިންގުމަށް އިންޑިއާ އަދި ލަންކާގެ މަނަވަރެއް ރާއްޖެ އައިސްފި އެވެ.
އެމްއެންޑީއެފުން ބުނީ މި މިނަވަރުތައް އައީ ތިން ގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ހަރަކާތް "ދޯސްތީ-16" އަށް ކަމަށެވެ. މި ހަރަކާތް ކުރިއަށް ދާނީ މިއަދުން ފެށިގެން ފެބްރުއަރީ 25، ގެ ނިޔަލަށެވެ.
އެގޮތުން މި ހަރަކާތުގައި ރާއްޖެ، އިންޑިއާ އަދި ލަންކާގެ ކޯސްޓް ގާޑުންގެ އިތުރުން، ބަންގްލަދޭޝްގެ އޮބްޒާވަރުން ވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ދޯސްތީ އެކްސަސައިޒް އަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ތިން ގައުމު ގުޅިގެން ކުރިއަށް ގެންދާ ކަނޑުމަތީ އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ. މީގެ 33 އަހަރު ކުރިން، 1991 ގައި ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ.












