މަސްވެރިންނަށް ދޫކުރީ 422 މިލިޔަން ރުފިޔާ، ނުދީ 270 މިލިޔަން ރުފިޔާ އެބަ އޮތް

މަސްވެރިން މަސައްކަތުގައި. މަސްކިލޯއެއް 25 ރުފިޔާ އަށް ގަންނަ ނަމަ އެއް ބިލިޔަން ރުފިޔާގެ ސަބްސިޑީއެއް ދޭން ޖެހޭ. ފައިލް ފޮޓޯ/އަދަދު

މަސްވެރިން މަސައްކަތުގައި. މަސްކިލޯއެއް 25 ރުފިޔާ އަށް ގަންނަ ނަމަ އެއް ބިލިޔަން ރުފިޔާގެ ސަބްސިޑީއެއް ދޭން ޖެހޭ. ފައިލް ފޮޓޯ/އަދަދު

ކްރެޑިޓަށް ދޫކުރި ތެލާއި ގަނޑުފެނަށް މަސްވެރިން ދައްކަން ޖެހޭ ފައިސާ ހިމަނައިގެން، މިފްކޯއިން މަސްވެެރިންނަށް ދޫކުރި ޖުމްލަ ފައިސާ 422 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު 17، 2023، (ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނު ފަހުން) މިހައިތަނަށް މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން 422 މިލިޔަން ރުފިޔާ ދޫކުރި ނަމަވެސް އަދި ވެސް 270 މިލިޔަން ރުފިޔާ ނުދެވި އެބަ އޮތް ކަމަށެވެ.

މަސްވެރިންނަށް 422 މިލިޔަން ރުފިޔާ ހަމަކުރީ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ތެލާއި ގަނޑުފެނަށް ދައްކަން ޖެހޭ އަގު ހިމަނައިގެން ކަމަށް ވިދާޅުވި ނަމަވެސް، މަހުގެ އަގުގެ ގޮތުގައި މަސްވެެރިންނަށް ދޫކުރީ ސީދާ ކިހާ ފައިސާއެއް ކަން މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"މިހައިތަނަށް މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާ އައިސް ހިމެނޭ ގޮތަށް 422 މިލިޔަން ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދޫކުރެވިފައި އެބަ ވޭ. އަދި މިސަރުކާރުން އަޅުގަނޑުމެން މިއަދު ގުނާ އިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު 250 ރުފިޔާ މަސްވެރިންނަށް ދޫނުކޮށް އޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން މަސް ގަންނަ އަގު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16، ގައި 25ރ. އަށް ބޮޑުކުރި ފަހުން އެ ސަރުކާރުގެ ދައުރު ނިމުމާ ހަމައަށް އެ އަގުގައި އެއްވެސް މަސް ދޯންޏަކަށް ފައިސާ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަަޅުގަނޑުމެން އަދިވެސް މިއުޅެނީ އެ އުދަނގުލުން އަރައިނުގަނެގެން،" ޝިޔާމް ވިދާޅުވި އެވެ.

މިހެން ނަމަވެސް މާ ލަސްތަކެއް ނުވެ އެ އުދަނގުލުން އަރައިގަނެވޭނެ ކަމަށާއި މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް ފިލުވައިލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެހެންމެ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރާ މަހަށް ފައިސާ ދޭން ވެފައިވާ ވައުދު ވެސް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox