ޔާމީންގެ ސުވާލެއް: އިންޑިއާ ސިފައިން ބޭލުމަށް މި ސަރުކާރުން އިހުލާސްތެރި މަސައްކަތެއް އެބަ ކުރޭތޯ؟

ޕީއެންއެފް އިން ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންއެފް

ޕީއެންއެފް އިން ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންއެފް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ އިހުލާސްތެރި ނިޔަތެއް ސަރުކާރުގައި އެބަ އޮތްތޯ، އެ މަސައްކަތް އެ ގޮތުގައި އެބަ ކުރޭތޯ؟ "އިންޑިއާ އައުޓް" ކެމްޕޭންގެ އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އުފެއްދުމަށް މަސައްކަތް ކުރައްވާ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންނާ ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވީ ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމުގައި ހުންނަން ވާނީ އެއް މިނެއްގައި އެއް އަމާޒަކަށް ކަމަށެވެ.

އެ ފާހަގަ ކުރެއްވީ އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ވާހަކަތަކާއި ތާރީހުތައް ވެސް ބަދަލު އަންނަ ވާހަކަ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެއް ބަޔަކު މާޗު 10 ގެ ކުރިން ބާލަން ހުށަހަޅާފައިވާއިރު، ބާކީ ތިބި މީހުން ބާލަން ހުށަހެޅީ މެއި 10ގެ ކުރިންނެވެ. މި ސަރުކާރުން ކުރިން ހުށަހެޅީ މާޗު 15 ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖޭން ބޭލުމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ އަސްކަރީންގެ ބަދަލުގައި، މަދަނީން ގެންނަ ވާހަކަ ދެއްކި ނަމަވެސް، އެއީ އެކަން ހިނގާނެ ގޮތް ނޫން ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް މީގައި ވިސްނިގެން މިއުޅެނީ، އެކަން އެހެނެއް ނުވާނެއޭ. ހަމަ އެ އުޅެނީ އަސްކަރީ މީހުންނޭ. އަސްކަރީ މީހުން ޔުނިފޯމު ބާލައިގެން އާންމުންގެ ގޮތުގައި އުޅެފާނޭ. އެހެންވީމާ އެގޮތަށް މި ދަނީ،" ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ އައުޓުގެ ވާހާކަ ދެއްކުމުގައި އަޅުގަނޑުމެންގެ އަނގަތައް މި ވަނީ ފަހައިލާފައި، ހުރިހާ ހަރަކާތެއް ހުއްޓުވާލާފައި."

މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް އަމާޒުކޮށް "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން" ނަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުނުކުރާތީ ޔާމީން ރޭ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ރިޔާސީ ގަރާރެއް ނެރުއްވީ އެޕްރީލް 21, 2022 ގަ އެވެ.

"އެހެންވެ މި ކަންކަމަށް ބަލާކަމުގައި ވަންޏާ ކިހާ ވަރެއްގެ ނިޔަތެއް، އިހުލާސްތެރިކަމެއް އެބަ އޮތްތޯ އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރުމުގައި،" ޔާމީން ކުރެއްވި ސުވާލުގައި ވިދާޅުވި އެވެ.

އެ ގަރާރު ނެރުނު ދުވަހު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުރަހީމް އަބްދުالله އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.

އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ބޭފުޅުން އެ ގަރާރު ގާނޫނާ ހިލާފު ކަމަށް ގަބޫލުކުރެއްވީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ވާހަކަ ދައްކަވަމުން، ރުންކުރުވެގެން ކަންކަން ހާސިލު ނުކުރެވޭނެ ކަމަށް މިދިޔަ ހަފުތާގައި ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox